އިސްލަމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އައިލެންޑް ބެވަރޭޖް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖިނާން ޖަލީލާއި ބައްދަލުކުރައްވައިފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން މިކަން ހަމަކޮށްފައި ވަނީ، ރައީސް އޮފީހުގެ ’ސަރުކާރު‘ ވެބްސައިޓުގައި ޝާއިރުކުރި ހަބަރެއްގަ އެވެ.
އިސްލަމިކް މިނިސްޓްރީ އިން ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ މާލެ ސިޓީގެ މިސްކިތްތަކުން ބޯފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭ ގޮތުންނެވެ.
މީގެ އިތުރުން، އެ މިނިސްޓްރީ އާއި އެ ކުންފުންޏާއި ގުޅިގެން ކުރިއަށް އޮތްތަނުގައި ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިންބުނެ އެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓާރ ޝަހީމް ގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިންނާއި އެ ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.
އައިލެންޑް ބެވަރޭޖް މޯލްޑިވްސް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް