ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސަރަހައްދުގެ ފެންބޮޑުވުމުގެ މައްސަލައައް ހައަލެއް ހޯއްދެއްވުމަށް ކުރަށްވަމުން ގެންދަވާ މަސައްކަތަށް މާލެސިޓި ކައުންސިލްގެ ޑިޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ޝުކުރު އަދާކޮށްފި އެވެ.
ނަރީޝް ރައިސް ޑރ. މުއިއްޒުއަައް ޝުކުރު އަދާކޮށްފައި ވަނީ، އެކްސްގައި ކުރެއްވި ޕޯސްތެއްގަ އެވެ.
އެ ޕޯސްޓުގައި ނަރީޝް ވިދާޅުވެފައި ވަނީ، މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ އަވަސް ހަލު ހޯދުމަށް ރައީސް ޑރ. މުއިއްޒު ފެއްޓެވި މަސައްކަތުގެ ނަތީޖާ މިއަދު މިދަނީ ފެންނަމުން ކަމަށެވެ.
ރައީސް ޑރ. މުއިއްޒު އިއުލާނު ކުރައްވާފައިވާ ޗަައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭ ގެ މަގުތައް ޒަމާނީ ފެންވަރަށް ހެދިގެން ދާއިރު ދާއިމީ ހައްލު ފެންބޮޑުވުމުގެ މައްސަލައަށް ލިބިގެންދާނެ ކަމަށް ނަރީޝް ވިދާޅުވި އެވެ.
“ އިރާދަކުރެއްވިއްޔަ ރައީސް އިއުލާނު ކުރައްވާފައިވާ ޗަައިނާ ސަރުކާރުގެ ހިލޭ އހީގައި މާލޭ ގެ މަގުތައް ޒަމާނީ ފެންވަރަށް ހެދިގެން ދާއިރު ދާއިމީ ހައްލު ފެންބޮޑުވުމުގެ މައްސަލައަށް ލިބިގެންދާނެ. ”
އަދި ނަރީޝް ވަނީ ރައީސް ޑރ. މުއިއްޒު އައް ކުރައްވާ މަސައަކަތަށް ޝުކުރު އަދާ ކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަހުމަދު ނަރީޝް މާލެ ސިޓީ ކައުންސިލް