ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެ ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ގައި ކަމަށެވެ.
ދެ ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓްގައި ހަތަރު މީހަކަށް އެކި ވަރުގެ އަނިޔާވެ ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެ އެވެ. އަދި މި އެކްސިޑެންޓްގައި ކުޑަ ކުއްޖަކުވެސް ހިމެނޭކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.