އުތުރާއި މެދުރާއްޖެ ތެރޭގެ ރަށްތަކަށް ހުދުސަމާލު ނެރެފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އުތުރު ބައެއް ރަށްތަކާއި މެދުރާއްޖެ ތެރޭގެ ރަށްތަކަށް މޫސުމައި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ހުދުސަމަލު ނެރެފި އެވެ.

މި ސަމާލުކަން ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް، މެންދުރު 12:00 އިން ފެށިގެން އިރުއޮއްސޭ 18:00 އާ ހަމައަށެވެ.

މެޓް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސަރަޙައްދުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި ވިލާގަނޑުގައި ވައިގެ ބާރުމިން 40 މޭލަށް އަރާނެ ކަމަށްވެސް ބެލެވެ އެވެ. މީގެ އިތުރުން، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އެދިފައިވެ އެވެ.

މެޓުން ނެރުނު ހުދު ސަމާލު

މެޓް އޮފީހުން އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި، ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ އިރު، ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވެ އެވެ. އަދި ވޭތުވެދިޔަ 4 ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ ސަރަޙައްދަށް އާންމު ވައި ގަދަވެ، ވިލާގަނޑުގައި ވައި ވަރަށް ގަދަވެފައިވާ ކަމަށްވެސް މެޓް އޮފީހުން ފާހަގަކުރައްވަ އެވެ.

މި ޙާލަތާ ގުޅިގެން، ދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި މަސްވެރިންނާއި އާންމު ރައްޔިތުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިދާރާތަކުން އިލްތިމާސް ކުރައްވަ އެވެ. އަދި މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މެޓް އޮފީހުގެ ރަސްމީ ޗެނަލްތަކަށް ޙަވާލާދެއްވުމަށްވެސް އެދިވަޑައިގަންނަވަ އެވެ.

މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ