ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ރާއްޖެއިންވެސް މަސައްކަތް ކުރަންޖެހޭ: ޑރ. ކިނާނަތު

Advertisement

Advertisement

އެންމެ ފަސް

Advertisement

ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ބޮޑެތި ގައުމުތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރާއްޖެއިންވެސް ކުރައްވަން ޖެހޭ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެ އެވެ.

ޑރ. ކިނާނަތު މިހެން ވިދާޅުވީ، ސައިބަރ ސެކިއުރިޓީ އާއި ނޭޝަނަލް އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅޭގޮތުން ބޭއްވި ސިމްޕޯސިމްއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. ކިނާނަތު ވިދާޅުވި ގޮތުގައި މި ސިމްޕޯޒިއަމްގައި ސަރުކާރުގެ އެކި މުއައްސަސާތަކުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ޓެކްނިކަލް އަދި ނޮން-ޓެކްނިކަލް ދާއިރާތަކުގެ ބޭފުޅުން ހިމެނެ އެވެ.

ސައިބަރ ސެކިއުރިޓީގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. ކިނާނަތު ފާހަގަކުރެއްވި ގޮތުގައި މިހާރު ސައިބަރ ސެކިއުރިޓީ ތްރެޓް ލެވެލް ވަނީ ވަރަށް ކަންބޮޑުވާންޖެހޭ ހިސާބެއްގަ އެވެ. އެހެންކަމުން، ބޮޑެތި ގައުމުތަކުން ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތައް ރާއްޖެއިންވެސް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސިމްޕޯޒިއަމްގެ މަޤްޞަދަކީ ސައިބަރ ސެކިއުރިޓީއާއި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ރާއްޖޭގެ ޤާބިލުކަން އިތުރުކޮށް، މި ދާއިރާއިން ކުރިމަތިވެދާނެ ގޮންޖެހުޖެހުންތަކަށް ތައްޔާރުވުމެވެ. މި ހަރަކާތުގައި ސަރުކާރުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެ، ސައިބަރ ސެކިއުރިޓީއާ ގުޅޭ މުހިންމު މަޢުލޫމާތު ހިއްސާކުރެވުނެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ