ކުޑަކުއްޖަކާ ސައިކަލް ދުއްވަން ހަވާލުކުރި މީހާގެ މައްޗަށް ބޮޑު ތުހުމަތެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުޑަކުއްޖަކާ ސައިކަލް ދުއްވަން ހަވާލުކުރި މައްސަލަ، ކުއްޖާ ނުރައްކަލަށް ހުށަހެޅި މައްސަލައެއްގެ ގޮތުގައި ފުލުހުންގެ މުއައްސަސާއިން ތަހިޤީގް ފަށައިފި އެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެމުން ބުނީ، މި މައްސަލައިގައި ހިމެނޭ މީހާ ހާޒިރުކޮށް މިއަދު ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ގަސްތުގައި ކުޑަކުއްޖަކު ނުރައްކަލަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ތަޙުޤީޤު ކުރަމުންދާނެ ކަމަށް ބުނެފައިވެއެވެ.

”ޓްރެފިކް ގާނޫނާ ޚިލާފުވި މައްސަލައިގައި ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން“ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގަ އެވެ. އެގޮތުން އެ މަގުގައި ސައިކަލް ދުއްވަމުންދިޔަ ފިރިހެނަކު ތުއްތު ކުއްޖެއްގެ އަތަށް ސައިކަލުގެ ކޮންޓްރޯލް ދީފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަން ފާހަގަކުރެވެ އެވެ. އެ ވީޑިއޯ ނަގާފައިވަނީ ސައިކަލުގެ ފަހަތުން ދުއްވަމުންދިޔަ ކާރަކުން ކަމަށް ބެލެވެ އެވެ. ވީޑިއޯގައި ފެންނަނީ ސްކޫލު ޔުނީފޯމު އެޅި ފިރިހެން ކުއްޖަކު ސައިކަލުގެ ކުރިމަތީގައި ހުރެ ހުންގާނުގައި ހިފަހައްޓައިގެން ހުރި މަންޒަރެވެ. ސައިކަލް ދުއްވަން ހުރި ފިރިހެނާ ހުރީ އެއް އަތުން ހުންގާނު ދޫކޮށްލައިގެން ނެވެ.

މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވެ އެވެ. އަދި މިފަދަ ޢަމަލުތަކަކީ ދުއްވާ އެއްޗެހީގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާނެ ކަންކަން ކަމަށާއި، މިފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ