ރައީސްގެ އިންޑިޔާ ދަތުރުފުޅު ކާމިޔާބު: އިންޑިޔާ ސަފީރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިޔާއަށް ދާދި ފަހުން ކުރެއްވި ފުރަމާނަ ދަތުރުފުޅު ކާމިޔާބު ކަމުގައި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެ އެވެ.

މަހާވަރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގަ އެވެ.

އިންޓަވިއުގައި ވާހަކަ ދައްކަވަމުން މަހާވަރު ވިދާޅުވީ ރައީސް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއެކު ބޭއްވެވި މަޝްވަރާތަކަކީ ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މެރިޓައިމް ސެކިއުރިޓީ އަދި އިޤްތިޞާދީ ދާއިރާއިން ރަނގަޅު ގުޅުމެއް ބޭއްވުމަށް މަޝްވަރާ ކުރެއްވިކަންވެސް މަހާވަރު ފާހަގަކުރެރެއްވި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އިންޑިޔާގެ ތިން ސިޓީއެއް ކަމުގައިވާ ނިއު ދެއްލީ، މުންންބާއީ އަދި ބެންގަލޫރުގައި ބޭއްވެވި މަޝްވަރާތަކުން ދެ ޤައުމަށްވެސް ފައިދާ ކުރާނެ ކަމުގައި މަހާވަރު ވިދާޅުވި އެވެ. މީގެ އިތުރުން ރައީސްގެ ދެކަނބަލުން އިންޑިޔާގެ މަޝްހޫރު އާގްރާގެ ތާޖް މަޙަލްއަށް ޒިޔާރަތްކުރެއްވުމަކީ ލިބިވަޑައިގަތް އުފަލެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ރައީސް އިންޑިޔާއަށް ކުރެއްވި މި ދަތުރުފުޅަކީ އިންޑިޔާގެ ރައީސް ދްރޯޕަދީ މުރްމޫގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅު ފެށިގެންދިޔައީ އާދީއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. މި ދަތުރުފުޅުގައި ރާއްޖެއިން ވަނީ އިންޑިޔާއާއެކު އެކި ދާއިރާތަކުން އެއްބަސްވުންތައް އެކުލަވާލާފަ އެވެ. މީގެ ތެރޭގައި މާލީ، ޞިއްޙީ، ދިފާޢީ، ކެޕޭސިޓީ ބިލްޑިންގ، އިޔާދަކުރަނިވި ހަކަތަ އަދި ޚާރިޖީ ދާއިރާއިން ތަފާތު އެއްބަސްވުންތަކުގެ މަޝްވަރާތައް ހިމެނެ އެވެ.

މި އެއްބަސްވުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 400 މިލިއަން ިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމެންޓެވެ. މި އެގްރީމެންޓް ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އިންޑިޔާގެ ރިޒާވް ބޭންކާ ދެމެދު ވެވިފަ އެވެ. މިއީ މީގެ ކުރިން ރާއްޖެއިން ޗައިނާއާ އެކުވެސް ހަދާފައިވާ ބާވަތުގެ އެއްބަސްވުމެކެވެ.

މި ދަތުރުފުޅުގެ ކާމިޔާބީއާއެކު، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމަށްވެސް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރެވެ އެވެ.

ސަފީރު މަހާވަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ދަތުރުފުޅުގައި ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ އެވެ. ޚާއްޞަކޮށް މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަކީ ހިންދު ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމު ކަމެއް ކަމުގައި އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އިންޑިޔާގެ އިސް ވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ދެމިގެންދާ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެން ދިޔަކަންވެސް ސަފީރު މަހާވަރު ފާހަގަކުރެއްވި އެވެ. އަދި މި ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ދެމެދުގައި އިތުރު އެއްބަސްވުންތަކާއި މަޝްރޫޢުތައް ފެށިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ސަފީރު މަހާވަރު ވިދާޅުވީ، ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގާތް ގުޅުމުގެ އިތުރު ހެއްކެއް ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ލިބޭނެ ފައިދާތައް ގިނަގުނަ ކަމުގަ އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ދަތުރުފުޅުތަކާއި މަޝްވަރާތައް ކުރިއަށް ގެންދެވި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން އޮތް ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ