އައިޖީއެމްއެޗް ކައިރީ ގާއިމްކުރި ފެން ހިންދާ ނިޒާމުން ފެންބޮޑުވުމަށް ހައްލެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދު ކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ކައިރީގައި ގާއިމްކޮށްފައިވާ އާ ފެން ހިންދާ ނިޒާމު މިއަދު ބޭނުން ކުރަން ފަށައިފި އެވެ.

މި ނިޒާމުގެ ސަބަބުން، އެތަކެއް ދުވަސްތަކެއްވަންދެން ބޮޑު ގެންގަނޑު ހެދެމުންދިޔަ އައިޖީއެމްއެޗް ހުންނަ ކަނބާއައިސަ ރަނި ހިނގުން މިހާރު ފެންނަނީ މުޅިން ތަފާތުކޮށެވެ. ކުރިން މާލެއަށް ކިރިޔާ ބޯކޮށް ވާރޭ ވެހިލިނަމަވެސް އެ ސަރަހައްދުގައި ބޮޑު ފެންގަނޑު އޮޮވެ އެވެ.

މިއަދު ހެނދުނުން ފެށިގެން ބޯކޮށް ވާރޭވެހި މާލޭގެ ގިނަ ސަރަހައްދުތަކަށް ފެންބޮޑުވި ނަމަވެސް، އައިޖީއެމްއެޗް ސަރަހައްދުން މިހާރު ފެން ހިންދިފައިވާކަން ފާހަގަކުރެވެ އެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މީޑިއާ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި، މިއަދުން ފެށިގެން މި އާ ފެން ހިއްކުމުގެ ނިޒާމު ބޭނުން ކުރަން ފަށާފައިވެ އެވެ.

އަމީނީ މަގުން ފެށިގެން ތާޖުއްދީން ސްކޫލާ ހަމައަށް މަގުން ފެން ހިންދިފައިވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް، ހިރިޔާ ސްކޫލުން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް އޮންނަ މަގުން އަދިވެސް ފެން ހިންދިފައި ނުވާކަން ފާހަގަކުރެވެ އެވެ. މި ސަރަހައްދުން ފެން ހިއްކުމަށް އެމްއެންޑީއެފްއިން ޕަމްޕް ބޭނުންކުރަމުންދާ ކަމަށް ވެސް އެ އޮފިޝަލް މަޢުލޫމާތު ދެއްވި އެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ރާއްޖޭގެ ބައެއް ރަށްތަކަށް ވައިޓް އެލާޓް އަދި އަނެއްބައި ހިސާބުތަކަށް ޔެލޯ އެލާޓް ނެރެ، މޫސުމުގެ ނުރަނގަޅު ހާލަތު ދެމިއޮންނާނެ ކަމަށް ލަފާކުރެ ވެއެވެ. ކުރިއަށް އޮތް 24 ގަޑިއިރު ވެސް ބޯކޮށް ވާރޭވެހި، ގުގުރުމާއި، ވައިގަދަވުމާއި، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން އަންދާޒާކޮށްފައިވެ އެވެ.

މި އާ ފެން ހިންދާ ނިޒާމަކީ މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުގެ އިސްވެރިން ވިދާޅުވެފައިވެ އެވެ. މި ނިޒާމުގެ ސަބަބުން، އައިޖީއެމްއެޗް ސަރަހައްދުގައި ދިމާވަމުން އައި ފެންބޮޑުވުމުގެ މައްސަލަ ހައްލުވެ، އާންމު ރައްޔިތުންނަށާއި ހޮސްޕިޓަލަޓަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެ އެވެ.

އެމްއެންޑީއެފް މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ