ފާހިޝް އަމަލުތަކުން އެކިއެކި ބަލިތައް ފެތުރޭ: ހުކުރު ހުތުބާ

Advertisement

Advertisement

އެންމެ ފަސް

Advertisement

ފާހިޝް އަމަލުތަކުން އެކިއެކި ނުރައްކާތެރި ބަލިތަކަށް ހުށަހެޅޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި އިންޒާރުދީފި އެވެ.

މިއަދު މާލޭގެ މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގައި ދެއްވި ހުތުބާގައި، އިސްލާމްދީނުގައި މަނާކުރައްވާފައިވާ ފާހިޝް އަމަލުތަކުގެ ނުރައްކާތެރިކަމާ ބެހޭގޮތުން ވަނީ ތަފްސީލުކޮށް ވާހަކަދައްކަވާފަ އެވެ.

ހުތުބާގައި ވިދާޅުވި ގޮތުގައި އެންމެ ނުރައްކާތެރި ފާޙިޝް އަމަލަކީ ޒިނޭ އެވެ. ޒިނޭއަކީ އޭގެ ޒާތުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު އަމަލެއްކަމަށް ބަޔާންކުރެއްވި އެވެ. އަދި އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން އާއްމުވެއްޖެ ތަނެއް މާތްﷲ ހަލާކުކުރައްވާކަން ފާހަގަކުރެއްވި އެވެ.

މި ޒަމާނުގައި މި ޢަމަލުތަކަށް އަރައިގަންނަނީ އެއްވެސް ޖެހިލުމެއް ނެތިކަން ފާހަގަކޮށް، ހުތުބާގައި ވިދާޅުވީ ބައެއް މީހުން ޒިނޭއަށް އަރައިގަތުމުގެ މަގުސަދުގައި ދަތުރު ހަދައިގެން އެހެން ގައުމުތަކަށް ވެސް ގޮސް އުޅޭ ކަމަށެވެ.

ހުތުބާގައި ވިދާޅުވި ގޮތުގައި ޒިނޭއާއި ފާހިޝު ޢަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތަކުގެ ތެރޭގައި ކިހުނުބަލީގެ ތަފާތު ބާވަތްތަކާއި ހާޕިސް ބައްޔާއި އެއިޑްސް ބައްޔާއި މަކުނުވިދުރި ހިމެނެ އެވެ. މިއީ މި ނުބައިވެގެންވާ އަމަލަށް ދުނިޔެ މަތީގައި ލައްވާފައިވާ ސަޒާގެ ގޮތުގައި ސިފަކުރެއްވި އެވެ.

ޒިނޭއާއި ފާހިޝު އަމަލުތަކުން ދުރުވެގަތުމަށް ޓަކައި ނަމާދު ގާއިމުކުރުންމަތީ ދެމިތިބެ، ކުޅަދާނަވެގެންވާ މީހުން ކައިވެނި ކުރުމަށް ހުތުބާގައި ގޮވާލެއްވި އެވެ. އަދި ކާވެނިކުރުމަށް ކުޅަދާނަކަން ލިބިގެންނުވާ މީހުން ސުންނަތް ރޯދަ ހިފުމަށާއި މި އަމަލަަމަލަށް އަރައިގަނެވޭ މީހުން ވަގުތު ފާއިތުނުވަނީސް ތައުބާ ވުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

މީގެ އިތުރުން، ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރުމަށާއި މިފަދަ އަމަލުތަކުން މުޖުތަމައު އެއްކިބާ ކުރުމަށް ހަބަރު ފަތުރާ ވަސީލަތްތަކުންވެސް މަސްއޫލިއްޔަތު އަދާކުރުމަށް ހުތުބާގައި ގޮވާލެއްވި އެވެ.

ހުކުރު ހުތުބާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ