އާސަންދައިން ބިލަށް ފައިސާ ދޫކުރާއިރު ކޮރަޕްޝަނަށް މަގުފަހިވޭ: އޭސީސީ

Advertisement

Advertisement

އެންމެ ފަސް

Advertisement

އާސަންދަ ކުންފުނި މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލްތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ދިރާސާއިން ދައްކައިފި އެވެ.

މި ހޯދުން ހާމަކޮށްފައިވަނީ ރާއްޖޭގެ ސިއްޙީ ވެލްފެއަރ ނިޒާމުގައި ކޮރަޕްޝަނަށް އޮތް ހިރާސްތައް ދެނެގަތުމަށް އޭސީސީން ހެދި ދިރާސާގަ އެވެ.

އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި މި ދިރާސާ އާންމުކޮށްދެއްވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދެވެ. 2011 އިން 2023 އަށް މަޢުލޫމާތު ނަގައިގެން ކުރެވުނު މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޞިއްޙީ ވެލްފެއަރ ނިޒާމުގައި ކޮރަޕްޝަނަށް އޮތް ހިރާސް ދެނެގަނެ އެކަންކަން އިސްލާހުކުރުމަށް ލަފާދިނުމެވެ.

ދިރާސާއިން ފާހަގަކުރެވުނު މައިގަނޑު 6 މައްސަލައިގެ ތެރޭގައި، ޤާނޫނީ އޮނިގަނޑު ހަރުދަނާ ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށްދިނުމުގައި ނަޒާހަތްތެރިކަން ކަށަވަރު ކުރެވެން ނެތުމުމާއި، ހެލްތު ވެލްފެއަރ ނިޒާމުގެ ތެރެއިން ޚިދުމަތް ލިބުނުކަމުގެ ”ކްލެއިމް ޕްރޮސެސް ވެލިޑޭޓް“ ކުރެވޭނެ ގޮތެއް ނެތުން ހިމެނެ އެވެ.

މީގެ އިތުރުން، ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި އައު ޚިދުމަތާއި ބޭސް ރަޖިސްޓަރީ ކުރުމުގައި ހާމަކަން ކުޑަވުމާއި، އާސަންދަ މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލްތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވުންވެސް ފާހަގަކުރެވިފައިވެ އެވެ. އަދި ޞިއްޙީ ވެލްފެއަރ ނިޒާމު ވަށާޖެހޭހެން ޒިންމާދާރުކުރުވައި ޖަވާބުދާރީ ކުރުވާނެ ފަރާތެއް ނެތުމާއި، އެންސްޕާ މެދުވެރިކޮށް އެހީގެ ގޮތުގައި ފައިސާދޭއިރު ހަމަހަމަކަން ނެތުންވެސް މައްސަލަތަކުގެ ތެރޭގައި ހިމެނެ އެވެ.

މި މައްސަލަތަކަށް ރިޢާޔަތްކޮށް، ސިއްޙީ ވެލްފެއަރ ނިޒާމު ހަރުދަނާ ކުރުމަށް ކޮމިޝަނުން 20 ލަފައެއް ދީފައިވެފައިވެ އެވެ. އޭގެ ތެރޭގައި، އާސަންދަ ސްކީމު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ދުރުރާސްތާ ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރުމާއި، ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުން ހިމެނެ އެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގައި ޑޮކްޓަރަށް ދެއްކުމަށް ރިފަރަލް ނިޒާމެއް ވަށައިޖެހޭ ގޮތަށް ގާއިމްކުރުމާއި، ދައުލަތުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން ޕްރައިވެޓް ހޮސްޕިޓަލް އަދި ކުލިނިކުތަކުގައި މި މަސައްކަތްކުރުމާ ގުޅޭ ގަވާއިދެއް އެކުލަވާލައި ތަންފީޒުކުރުމަށްވެސް ވަނީ ހުށަހަޅާފަ އެވެ.

އޭސީސީން ވަނީ ނޭޝަނަލް ޕްރިސްކްރައިބިންގ ސްޓެންޑަރޑަކާއި، ބޭހުގެ އަގު ކަނޑައެޅުމާ ގުޅޭ ގޮތުން ނިޒާމީ ގޮތެއްގައި ޢަމަލުކުރާނެ އުސޫލުތައް އެކުލަވައިލުމަށާއި، ޞިއްޙީ ޚިދުމަތްތަކާއި ބޭހާ ގުޅުންހުރި ނޭޝަނަލް ޕްރައިޒިންގ ސްކީމެއް ޤާއިމުކޮށް ތަންފީޒުކުރުމަށްވެސް ހުށަހަޅާފަ އެވެ. އަދި އާސަންދަ ސްކީމުން ފައިސާ ދައްކަނީ، ޚިދުމަތެއް ލިބުމަށްފަހުކަން ކަށަވަރުކުރުމުގެ ގޮތުން ”ކްލެއިމް ޕްރޮސެސް ވވެލިޑޭޝަން“ ނިޒާމެއް ތަޢާރުފުކުރުމަށާއި، ޚިދުމަތާއި ބޭސް ރަޖިސްޓަރީކުރުމުގެ ހާމަކަން އިތުރުކުރުމަށް ރަޖިސްޓަރީވުމަށް ފުރިހަމަކުރަންޖެހޭ ހަރުފަތްތަކާއި ޕްރޮސެސްކުރިއަށްދާ ގޮތް އާންމުކޮށް ފެންނާނެހެން އާންމުކުރުމަށްވެސް ވަނީ ހުށަހަޅާފަ އެވެ.

މި ދިރާސާ ރިޕޯޓު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވެބްސައިޓުގައި މިހާރު ވާނީ އާންމުކޮށްފަ އެވެ. ދިރާސާގެ އަލީގައި ފާހަގަވެފައިވާ ކަންކަން އިސްލާޙު ކުރުމަށާއި، ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުވަމުންދާ މިންވަރު ބަލައި މޮނިޓަރކުރުމަށް މަސްލަހަތުވެރިންނާ ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް އެ ކިމިޝަނުން ބުނެފައިވެ އެވެ.

އާސަންދަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ