މޯލްޑިވިއަނުން ކޫއްޑޫއަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ގއ. ކޫއްޑޫ އެއާޕޯޓުގެ ރަންވޭގެ ހާލަތު ގޯސްވަމުންދާ ކަމަށް ބުނެ، ގައުމީ އެއާލައިން މޯލްޑިވިއަން އިން އެ އެއާޕޯޓަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށް އިއުލާންކޮށްފި އެވެ.

މި ނިންމުން ނިންމާފައިވަނީ އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަންގެ ހާލަތު ދަށްވުމުގެ ސަބަބުން މޯލްޑިވިއަންގެ ދެ މަތިންދާބޯޓަކަށް ގެއްލުންވެ، އެ ދެ ބޯޓު ވެސް ގްރައުންޑް ވެފައިވާތީ އެވެ.

މޯލްޑިވިއަން އިން މައުލޫމާތު ދީފައިވާ ގޮތުގައި، ކޫއްޑޫއަށް އަޅާ ފްލައިޓްތައް މެދުކަނޑާލާފައިވަނީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުން އެއާކްރާފްޓާއި ފަސިންޖަރުންގެ ސަލާމަތަށް ނުރައްކާވާނެތީ އެވެ.

އެ ކުންފުނިން އިތުރަށް ބުނެފައިވަނީ، ”މެނޭޖްމަންޓާ އެކު ކޫއްޑޫގެ ވާހަކަ ދައްކަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ، އަދި މި މައްސަލަ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ“ ކަމަށެވެ.

ނަމަވެސް، މޯލްޑިވިއަން އިން ވަނީ ރަންވޭ މަރާމާތު ކުރުމާއެކު އަލުން ދަތުރުތައް ފަށާނެ ކަމުގެ ޔަގީންކަން ދީފައެވެ.

މިއީ ކޫއްޑޫ އެއާޕޯޓަށް މި ހާލަތު ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ.

ކޫއްޑޫ އެއާޕޯޓް ފުރަތަމަ ހުޅުވީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ބޮޑެތި މަތިންދާބޯޓުތައް އެރުވޭ ގޮތަށް މަރާމާތު ކުރުމަށް ފަހު އަލުން ހުޅުވާފައިވެއެވެ.

މި ހާދިސާއާ ގުޅިގެން، ރަންވޭގެ ހާލަތު އަވަހަށް ރަނގަޅުކޮށް، ކޫއްޑޫއަށް ކުރާ ދަތުރުތައް އަލުން ފެށުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދާކަން ފާހަގަކުރެވެއެވެ. މި މައްސަލައާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

މޯލްޑިވިއަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ