ކެޔޮޅުންގެ އެވޯޑާއި ފަރުމަސްވެރިޔާގެ އެވޯޑަށް ހުލުވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވޭ ޙަފްލާގައި ދެވޭ ތިން އެވޯޑަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިޝަރީޒް އިން ހުޅުވާލައިފި އެވެ.

މި އެވޯޑުތަކަކީ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅުގެ އެވޯޑާއި، އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑު އަދި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑެވެ.

މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެވޯޑުތަކަށް ކުރިމަތިލެވޭނީ މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށެވެ. ޒުވާން ކެޔޮޅުގެ އެވޯޑަށް ކުރިމަތިލެވޭނީ 35 އަހަރުން ދަށުގެ ފަރާތްތަކަށް ކަމަށާއި، ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑަށް ކުރިމަތިލެވޭނީ 35 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

މި އެވޯޑުތަކަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، މިނިސްޓްރްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނަ ފޯމު ފުރިހަމަ ކުރުމަށްފަހު، 7 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެ އެވެ. އަދި މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު އޮތްކަން މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

މި އެވޯޑުތަކަކީ މަސްވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކުގެ ހިތްވަރު އިތުރުކޮށް، އެ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރުމަށް ކޮންމެ އަހަރަކު ދެވޭ އެވޯޑުތަކެކެވެ. މި އެވޯޑުތައް ދިނުމުގެ މަޤްޞަދަކީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމާއި، މި ދާއިރާއިން ޤައުމަށް ލިބޭ އިޤްތިޞާދީ ފައިދާ އިތުރުކުރުމެވެ.

މަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ