ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ އެހީތެރިކަން ހޯދުމަށް ހުޅުވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ އެހީތެރިކަން ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފި އެވެ.

ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ”ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިންގ ސްކީމް“ގެ ތެރެއިން މާލީ އެހީތެރިކަން ހޯދުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލާފައި ވެއެވެ.

ރާއްޖޭގައި އީޖާދީ އަދި ފަންނުވެރި މަސައްކަތްތައް ކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޚާއްސަ ސިޔާސަތުގެ ދަށުން 31 ޑިސެމްބަރު 2023 ގައި ވަޒީރުންގެ މަޖިލީހުން ނިންމަވާ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)އާ ޙަވާލު ކުރެވިފައިވާ ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން 17 ސެޕްޓެމްބަރު 2024ގައި މި ކުންފުނިން އިފްތިތާޙު ކުރި ”ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިންގ ސްކީމް“ގެ ތެރެއިން މާލީ އެހީތެރިކަން ހޯދުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ބީސީސީ އިން ހުޅުވާލާފައި ވެއެވެ.

”ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިންގ ސްކީމް“ގެ ތެރެއިން ފުރުސަތު ހުޅުވާލެވޭ ދާއިރާތަކަކީ:

  1. ފިލްމް އުފެއްދުން
  2. މިއުޒިކް އުފެއްދުން
  3. އާރޓް އެންޑް ކްރާފްޓް
  4. ކޮންޓެންޓް ކްރިއޭޝަން

މި ސްކީމްގެ ތެރެއިން މާލީ އެހީތެރިކަމަށް ކުރިމަތިލެވޭނީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. ދިވެހި ރައްޔިތެއް ކަމުގައިވުން
  2. 18 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައިވުން
  3. ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން އެންމެ ކުދި ނުވަތަ ކުދި ވިޔަފާރީގެ ގިންތީގައި ހިމެނޭ ސައްތަ އިންސައްތަ ދިވެހިން ހިއްސާވާ ވިޔަފާރިއެއް ކަމުގައިވުން، ނުވަތަ ބީ.ސީ.ސީއިން ޤާއިމުކޮށްފައިވާ އަމިއްލަ މަސައްކަތްކުރާ މީހުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތެއް ކަމުގައިވުން.

މި ސްކީމްގެ ތެރެއިން ކަނޑައެޅިފައިވާ ހުރިހާ ދާއިރާތައް ހިމެނޭހެން މާލީ އެހީތެރިކަން ހޯދުމަށް އެދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ފޯމެވެ. މި ދާއިރާތަކުން 50,000 އާއި 300,000 ދިވެހި ރުފިޔާއާ ދެމެދުގެ އަދަދަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި އެހީތެރިކަން ފޯރުކޮށްދެވޭ ފަރާތްތައް ބައިވެރިވުން ލާޒިމު ކުރާ އިންކިއުބޭޝަންގެ ހިދުމަތެއް ބީ.ސީ.ސީއިން ފޯރުކޮށްދޭނެ އެވެ. މި ޚިދުމަތް ދިނުމަށް، މާލީ އެހީތެރިކަން ފޯރުކޮށްދޭ އަދަދުގެ 5 އިންސައްތަ އިންކިއުބޭޝަން ފީގެ ގޮތުގައި ނެގޭނެ ކަމަށް އިއުލާނުގައި ވެއެވެ. އަދި މާލީ އެހީތެރިކަމުގެ ގޮތުގައި މި ސްކީމްގެ ތެރެއިން ފޯރުކޮށްދޭ ފައިސާ އަނބުރާ ދައްކާނެ ގޮތުގެ ތާވަލު ހިސާބުކުރާނެ ގޮތް އެޕްލިކޭޝަނާއެކު ހިމަނަންޖެހޭ ޕޭމަންޓް ޕްލޭން ޓެމްޕްލޭޓުގައި ތަފްސީލުކޮށްފައިވާނެ ކަމަށް ބީސީސީ އިން ބުންޏެވެ.

މި ސްކީމްގެ ދަށުން މާލީ އެހީތެރިކަން ހޯދުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު ހިމަނާފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ބީސީސީ އިން އެދިފައި ވެއެެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ