ގައުމީ އެއާލައިން މޯލްޑިވިއަނުން ށ. ފުނަދޫއަށް މިއަދު މެދުކަނޑާލި ދަތުރުތައް އަލުން ފަށައިފި ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މޯލްޑިވިއަނުން މިއަދު ވަނީ އެއާޕޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، ފުނަދޫއަށް ކުރާ ޝެޑިއުލް ދަތުރުތައް ވަކި ގޮތެއް އަންގަންދެން މެދުކަނޑާލާފަ އެވެ.
ފުނަދޫ އެއާޕޯޓްގެ ފަޔާ ލޮރީއަށް ދިމާވި މައްސަލައަކާއި ގުޅިގެން އޭރު ދަތުރުތައް މިއަދުގެ ވަގުތެއްގައި މެދުކަނޑާލާފައި ވެއެވެ.
މިރޭ 7:25 ގައި މޯލްޑިވިއަނުން ކުރި ޓްވީޓެއްގައި ވަނީ އަލުން ފުނަދޫއަށް ކުރާ ދަތުރުތައް އަލުން ފަށާފައިވާ ކަމަށް ބުނެފަ އެވެ. އެވަގުތުކޮޅުގައި ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ ކަސްޓަމަރުން ކިބައިން މައާފަށް އެދިފަ އެވެ.