ކުރިއަށް އޮތް 4 ދުވަހުވެސް ބޮޑުބަޔަކަށް ގަދަވަޔާއެކު، ވިއްސާރަ ކުރާނެ: މެޓް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރިއަށް އޮތް 4 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު، ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެ އާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވާ ކަމަަށެވެ. އަދި ވޭތުވެދިޔަ 4 ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ ސަަރަހައްދަށް އާއްމުވައި ގަދަވެ، ވިލާގަނޑުގައި ވައި ވަރަށް ގަދަވެފައިވާ ކަަމަށް މެޓް އިން ބުނެފައި ވެއެވެ.

އެގޮތުން ވިލާގަނޑުގައި އެންމެ ވައިގަދަވިކަމަށް ރެކޯޑް ކުރެެވުނީ ބ. ދަރަވަންދޫ އާއި ހުޅުލެއަށެވެ. އެއީ ރޭ 23:10 ހާއިރު ގަޑިއަކު 55 މޭލު ބާރުމިނަށް، އަދި ހުޅުލެއަަށް މިއަދު 5:40ގައި ގަޑިއަކު 58 މޭލަށް އަދި 10:46 ހާއިރު 61 މޭލު ބާރުމިނުގައެވެ. އަދި މި މުއްދަތުގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވަނީ މިދިޔަ އަންގާރަ ދުވަހު ފުވައްމުލަށް ސީޓީއަށެވެ. އެއީ 120 މިލިމީޓަރުގެ ވާރޭ އެވެ.

މެޓް އިން ވިދާޅުވީ، މޫސުން ކުރިއަށް ލަފާ ކުރާގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ހޯމަ ދުވަހާއި ހަމައަށް އާއްމު ވައި ގަދަކޮށް ހިފަހައްްޓާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން އުުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި އެވްރޭޖްކޮށް ގަޑިއަކު 15 މޭލާއި 20 މޭލާއި ދެމެދު ވައިޖެހި، ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެ ކަަމަށްވެސް ލަފާ ކުރެވޭ ކަމަށްވެސް މެޓް އިން ބުނެފައި ވެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި އެވްރޭޖްކޮށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށާއި، ބައެއް އަތޮޅުތަކަށް ގަދަވަޔާއެކު ވިއްސާރަކޮށް، ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އިން ބުނެފައި ވެއެވެ.

މެޓް އިން ވިދާޅުވީ، ވިލާގަނޑުގައި ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވެ، ރާއްޖޭގެ ބަޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެ ކަމަަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އާއްމުކޮށް އުދައަރާ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަަށްވެސް މެޓް އިން ބުނެފައި ވެއެވެ.

”ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެެވެ“. އަދި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން، ދަތުރުތަކަށް ފެއްޓެވުމުގެ ކުރިން އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އަންގާފައި ވެއެވެ.

މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ