ދީނީ އެކިއެކި ދާއިރާތަކުން އިލްމީ ދިރާސާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދީނީ އެކިއެކި ދާއިރާތަކުން އިލްމީ ދިރާސާކުރުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމެވެ. އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަރާތުން ސޮއިކުރެއްވީ ފަތުވާ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް އެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހި މުޖުތަމަޢަށް ދީނީ ގޮތުން މުޖުތަމަޢުގައި އޮޅުންއަރާކަމަށް ފެންނަ ކަންކަމާއި ދާއިރާތަކަކީ ކޮބައިކަން ދެނެގަނެވޭނެ ކަމަށް އިސްލާމިކް މިނިސްތްރީ އިން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ، މި އެއްބަސްވުމުގެ މަޤުޞަދަކީ، ދެ އިދާރާ ގުޅިގެން ދިވެހި މުޖުތަމަޢަށް ބޭނުންވާ އެކިއެކި ދީނީ، ޢިލްމީ ދިރާސާތައް ކުރުމާއި، ގުޅުންހުރި ދާއިރާތަކުން އެއްބާރުލުން ދިނުމާއި، ދީނީ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ބޭނުންވާ ދިރާސާތަކާއި ޢިލްމީ މަސައްކަތްތައް ކުރުން ކަމަށެވެ.

މިއެެއްބަސްވުމުގެ ދަށުން އެހީތެރިކަމާއި އެއްބާރުލުން ދެވޭނެ ދާއިރާތަކުގެ ތެރޭގައި ކަނޑައެޅޭ ދާއިރާތަކަކުން ޢިލްމީ ދިރާސާތައް ކުރުމާ އެކަމާ ގުޅުންހުރި ޙަރަކާތްތައް ހިންގުމާއި ދިރާސާތައް ކުރުމުގެ ބޭނުމަށްޓަކައި، ޢިލްމުވެރިންގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ދީނީ ވަޙުދަތު ޙިމާޔަތް ކުރުމަށާއި، ދީނުގެ މެދުމިނުގެ ސިޔާސަތު ދެމެހެއްޓުމުގައި އެއްބާރުލުން ދިނުން ހިމެނެ އެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ