މި ސަރުކާރުން ގެންގުޅެނީ ހުރިހާ އެންމެންނާއި ދޭތެރޭ ހަމަހަމަ ހާރިޖީ ސިޔާސަތެއް ކަމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.
މަމްދޫހު މިިގޮތަށް ވިދާޅުވީ ރޭ ސަންގު ޓީވީގެ ޕްރޮގްރާމަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި ވާހަކަދައްކަވަމުން މަމްދޫހު ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ވަކި ގައުމަކަށް ބުރަވެފައި ނުވާ ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ވަކި ގައުމަކާއި މާބޮޑަށް ގުޅުން ބަދަހިކޮށް ހާރިޖީ ގޮތުން އެކަހެރިވެފައިވީ ކަމަށެވެ.
ނަމަވެސް، މިހާރުގެ ސަރުކާރުން ރާއްޖެ އާއި އެހެން ގައުމުތަކާ ގުޅުން ބަދަހިކުރަމުންދާއިރު ސަރުކާރާއި ވާދަވެރި އެމްޑީޕީ ފަދަ ޕާޓީތަކުން އެ ގުޅުން ހީނަރުކުރަން މަސައްކަތް ކުރަމުންދާ ކަމަށް މަމްދޫހު ވިދާޅުވި އެވެ. ކުރިން ޕީޕީއެމް އިން ހިންގި ”އިންޑިޔާ އައުޓް“ ހަރަކާތަކީ އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ހިންގި ހަރަކާތެއް ކަމަށް މަމްދޫހު ސަރުކާރުގެ ދިފާއުގައި ވިދާޅުވެފައި ވެއެވެ. އެއީވެސް އެމްޑީޕީން ގެނައި އިންޑިޔާ ސިފައިން ކަމާއި އެމްޑީޕީ އިން އެކަން އާންމުންނަށް ސިއްރު ކުރި ކަމަށް މަމްދޫހު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރަށްވެސް، ސަރުކާރުން ފާއިތުވި 40 އަހަރުވަންދެން ނުނަގާ ވަރަށް ލޯންތައް ނިމިދިޔަ 5 އަހަރުގެ ވެރިކަމުގައި ނަގާފައިވާ ކަމަށް މަމްދޫހު ވިދާޅުވި އެވެ.
” ދިވެހިރާއްޖޭގެ ތާރީހުގައި 5 އަހަރެއް ތެރޭގައި އެންމެ ގިނަ ލޯނު ނެގި ވެރިކަން ނިމިގެން އެ ދިޔާއީ އެމްޑީޕީގެ ވެރިކަން، އެއްވެސް ގޮތަކަށް ކުރިއަށް އެ ލޯނުތައް ދެއްކޭނެ ފޯމިއުލާއެއް އަދި ގޮތެއްވެސް ނުޙޯދައި ހަމަ، އެ ފުރުސަތު އޮތީތީ ދިވެހިންގެ ނަމުގައި އެމްޑީޕީއަށް ލޯނު ނެގެން އޮތީތީ ލޯނުތައް ނަގަމުން ދިޔައީ”\
ލޯންތައް ނެގިއިރު އެއަށް އަރާނެ އިންޓްރަސްޓާއިމެދު ވެސް އެމްޑީޕީ ސަރުކާރުން ވިސްނާފައިނުވާ ކަން މަމްދޫހު ފާހަގަކުރެއްވި އެވެ.
އިދިކޮޅު ފަރާތްތަކުން ހާއްސަކޮށް އެމްޑީޕީއިން ފާހަގަކުރަނީ، އެ ބޭފުޅުންނެގި 40 އަހަރާއި ނުބައްދަލު ލޯނުތައް ނެގިއިރު ވަރަށް ބޮޑެތި އަދަދުތައް 1 ބިލިއަނަށްވުރެ ބޮޑު އަދަދެއް ދައްކަން އެބެއް މިހާރުވެސް، ވަކި ޤައުމަކަށް، 100 މިލިއަން ރޯލްއޯވާއެއް މިހާރުވެސް އަޅުގަނޑުމެންއަށް ހެދިފައި އެބައޮތް”