ނޭކުރެންދޫއަށް އެންމެ ބޭނުންވާ ކަންކަން ހައްލުކޮށްދިނުމުގައި މަސައްކަތް ކުރާނަން: ނައިބު ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ހދ. ނޭކުރެންދޫގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމަށް އިސްކަންދެއްވައިގެން އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ނޭކުރެންދޫގެ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އެރަށު ކައުންސިލާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ މި ބައްދަލު ކުރެއްވުމުގައި ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރެއިން ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމަށް އިސްކަންދެއްވައިގެން އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ކައުންސިލުން ފާހަގަކުރި ކަންކަން، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ބައްލަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގައި މިހާރު އޮތް ބޮޑު ހުސްބިމެއްގައި އެރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ޕްރޮޖެކްޓެއް ފަށައިދިނުމަށާއި، އޭޓީއެމްގެ ހިދުމަތް އަވަހަށް ފެށޭނެގޮތް ހެދުމާއި، ޕޮލިސް ސްޓޭޝަނެއްގެ ބޭނުންތެރިކަމާއި، ރަށުގެ އިންޖީނުގެ މީހުން އުޅޭ ސަރަހައްދުން ދުރުގައި ގާއިމުކުރުންފަދަ ކަންކަން ހިމެނެ އެވެ.

މީގެ އިތުރުން ކައުންސިލަރުން ވަނީ އިންޑޯ ކުޅިވަރުތައްފަދަ ރަށުގެ ޒުވާނުންގެ ތަރައްޤީއަށް މުހިންމުކަންތައްތައް ވެސް ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ