ހަޔާ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް، ވޯލްޑް ބޭންކް އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ސްކޮލަރޝިޕްގެ ދަށުން، ޖަޕާނުގެ ޔުނިވާސިޓީ އޮފް ސުކުބާގެ އިކޮނަމިކް އެންޑް ޕަބްލިކް ޕޮލިސީ ޕްރޮގުރާމްގައި ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ބުނީ، މި ޕްރޮގްރާމަކީ ހިއުމަނިޓީސް އެންޑް ސޯޝަލް ސައިންސެސްގެ ދަށުން ކުރިއަށް ގެންދާ މާސްޓަރސް ޑިގްރީ ޕްރޮގްރާމެއް ކަމަށެވެ.
މި ސްކޮލަޝިޕަށް ހުށަހަޅުއްވާ ފަރާތުގެ ޝައުރުތުތަކުގެ ތެރޭގައި:
- ޑުއަލް ސިޓިޒެންޝިޕް އޮތް ފަރާތަކަށް ނުވުން،
- ބެޗަލަރސް ޑިގްރީ ހާޞިލުކޮއްފައިވާ ފަރާތަކަށްވުން،
- 2 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން،
- އުމުރުން 35 އަހަރަށް ވުރެ މަތި ފަރާތަކަށް ނުވުން،
- އިނގިރޭސި ބަހުން ލިޔަން ކިޔަން ދަތުން
- ޖަޕާނުގައި މަތީ ތަޢުލީމު ފުރިހަމަކުރުމަށްފަހު،
- ދިވެހިރާއްޖޭގައި މަދުވެގެން 2 އަހަރު ވަޒީފާ އަދާކުރުމަށް އެއްބަސްވުން
އެގޮތުން، ޔުނިވާސިޓީ އޮފް ސުކުބާގެ ވެބްސައިޓް މެދުވެރިކޮށް ސްކޮލަރޝިޕަށް ހުށަހެޅޭނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެއެވެ.
މި ސްކޮލަރޝިޕަށް ހުށަހެޅުއްވުމުގެ ސުންގަނޑި އަކީ 15 ނޮވެމްބަރ 2024 އެވެ.