މާދަމާ ހެނދުނު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

Advertisement

Advertisement

އެންމެ ފަސް

Advertisement

މާދަމާ ހެނދުނު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމަކީ އެކަށީގެންވާކަމެއްކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނިން ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ނެޓުވޯކުގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް އޮކްޓޫބަރު 11، 2024 (މާދަމާ) ވާ ހުކުރު ދުވަހުގެ ހެނދުނު 06:00 އިން 07:00 އަށް މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާކަމެއްކަމަށް ސްޓެލްކޯއިން ބުނެ އެވެ.

މި މަސައްކަތް ކުރުމުގައި ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ ރައްޔިތުންގެ ކިބައިން މާފަށް އެދިފަ އެވެ.

ސްޓެލްކޯއިން ވަނީ މިދިޔަ ހުކުރު ދުވަހުވެސް މާލޭގެ މީޑިއަމް ވޮލްޓޭޖް ޑިސްޓްރިބިއުޝަން ގްރިޑް ނެޓްވޯކްގެ ކެޕޭސިޓީ އިތުރުކުރުމަށް ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއްކޮށްފަ އެވެ. އަދި އެ މަސައްކަތް ކުރުމުގެ ކުރިން މާލޭގެ ތިން އަވަށަކުން ކަރަންޓު ކެނޑިދާނެކަމަށް ބުނެފައިވެ އެވެ.

ސްޓެލްކޯއިން ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ކުންފުނީގެ ނެޓްވޯކްތަކުގެ މެއިންޓެނެސް މަސައްކަތް ކުރުމާއި ނެޓްވޯކްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަބަދުވެސް އެ ކުންފުނިން ކުރެ އެވެ. އަދި މިފަދަ މަސައްކަތެއް ކުރުމުގައި ކަރަންޓު ކެނޑިދާނެކަމަށް ލަފާ ކުރެވޭނަމަ ދުރާލާ އެކަން ރައްޔިތުންނަށް އަންގާ މާފަށް އެދެ އެވެ.

ސްޓެލްކޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ