ތަރުހީބު ނުލިބުމުން ހުޅުމާލެ ވަގުފު އިމަރާތް ހަދާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް އިއުލާންކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ބިނާކުރާ ވަގުފް އިމާރާތް ދާރުއްސާލާމް އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދެވަނަ ފަހަރަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މިނިސްޓްރީން މިއަދު ގެޒެޓްގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ ވަޤުފުތައް އިތުރުކުރުމުގެ މަގުސަދުގައި ހުޅުމާލެ ފޭސް 1 ގައި “ދާރުއް ސަލާމް” ގެ ނަމުގައި 12 ފަންގިފިލާގެ އޮފީސް އިމާރާތެއް ބިނާކުރުމަށް 15 އޮގަސްޓްގައި ކުރި އިއުލާން ބާތިލުކޮށްފައިވާ ކަމަށެވެ. އެ އިއުލާން ބާތިލުކުރީ އިއުލާނަށް އެކަށީގެންވާ ވަރަށް ތަރުހީބު ނުލިބުމާއި ގުޅިގެން ކަމަށް ބުނެފައި ވެއެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ނެވެ.

މީގެކުރިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާ ގޮތުގައި ހުޅުމާލޭގައި އިމާރަތްކުރާ ވަގުފު އިމާރާތަކީ ގާތްގަނޑަކަށް 200 މިލިއަން ރުފިޔާގެ އެންމެ ބޮޑު ވަގުފް އިންވެސްޓްމަންޓް ޕްރޮޖެކްޓް ކަމަށެވެ. އަދި މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ކާމިޔާބު ކަމާއެކު ނިމި, ދެ އަހަރެއް ތެރޭ އޭގެ ފައިދާ ލިބިގެންދާނެ ކަމަށެވެ. އޭރުން ރާއްޖޭގައި ތިބި ފަގީރުންނާއި މިސްކީނުންނަށް ދާއިމީ ގޮތެއްގައި ހައްޖަށް ދިއުމުގެ މަގު ފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ ކޮންމެ އަތޮޅެއްގައިވެސް ވަގުފު އިމާރަތްތައް ޤާއިމްކުރުން ކަމަށް މިނިސްޓަރު މީގެކުރިން ފާހަގަކުރައްވާފައިވެ އެވެ.

ހުޅުމާލެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ