އުތުރާއި މެދުރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ރީނދޫ ސަމާލު ނެރެފި އެވެ.
މެޓުން ރީންދޫ ސަމަލު ނެރެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް މިއަދު މެންދުރު 11:00 އިން މެންދުރުފަހު 15:00 އަށެވެ.

އެސަމާލުގައި ބުނެފައިވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެހެން ކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް މެޓުން ވަނީ އެދިފަ އެވެ.