ކުރީ ސަރުކާރުން ހެދިހެން ބައެއްގެ އަތްމައްޗަށް ކަންކަން ދޫކޮށްނުލާނަށް: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ނިމިދިޔަ ސަރުކާރުން ވެރިކަމުގައި ކަންކުރިހެން ބައެއްގެ އަތްމައްޗަށް ދިވެހިންގެ ކަންކަން ދޫކޮށްނުލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެގައުމުގެ ބެންގަލޫރުގައި ދިރިއުޅެމުންދާ ދިވެހިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ބައެއް ނޫސްތަކުން ދޮގު ހަބަރު ފަތުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ވަޒަންވެރި ވާނެކަމަށާއި ގައުމުގެ ކަންކަން ކުރުމުގައި އެހެން ގައުމެއްގެ އަތްމައްޗަށް ކަންކަން ދޫކޮށްލާނެކަމަށް ބުނެ ހަބަރު ފަތުރަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.

ނޫން. އަޅުގަނޑުމެން މި ދަތުރުގަ މި އިއުލާނު ކުރި، ދެ ގައުމުގެ ގުޅުމުގެ ތެރެއިން ނިންމާ މި އިއުލާނު ކުރި ’ވިޝަން ފޯ ކޮންޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމީ އެންޑް މެރިޓައިމް ސެކިއުރިޓީ‘ އަކީ ލިޔެވިފަ އޮތް އެއްޗެއް. އެއީ މިހާރުވެސް ތިޔައިން ކޮންމެ ބޭފުޅަކު ބައްލަވާލައްވަން ބޭނުންފުޅުވިޔަސް ފެންނަން އޮތް އަކުރުން ފިއްޔަށް ލިޔެފަ އޮތް އެއްޗެއް.

އެ އެއްބަސްވުމުގައި ދިފާއީ ގޮތުން ލިޔެފައިވާ ކޮންމެ ޖުމުލައަކީ އެމްއެންޑީއެފުން ބެލުމަށް ފަހު ދިފާއީ ވުޒާރާއިން އެޕްރޫވްކޮށްފައިވާ ޖުމްލަތަކެއްކަމަށް ރައީސް ވިދާޅުވި އެވެ. އެ އެއްބަސްވުމުގައި ކަންކަން އޮންނާނީ މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތާ އެއްގޮތަށްކަމަށް ރައީސް ވިދާޅުވި އެވެ.

ކުރީގައި ވީގޮތަށް އެ އެއްބަސްވުމުގައި ކަންކަމެއް ނުހުންނާނެ ކަމަށާއި ރާއްޖޭގެ ކަންކަން އެހެން ބަޔަކު ކުރާ ގޮތަށް ދޫކޮށްލާފައި ނުވާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ އެއްބަސްވުމުގައި އޮންނާނީ ރާއްޖޭގެ އަމިއްލަ ގާބިލުކަން އިތުރު ކުރާ ވާހަކަ ކަމަށާއި އެހެން ބައެއްގެ އަތްމައްޗަށް ކަންކަން ދޫކޮށްލައިގެން ކަންކަން ކުރާ ވާހަކަ ނޯންނާނެކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ގައުމިއްޔަތާއި އަމިއްލަވަންތަކަމާއި އިސްލާމް ދީނަށް ބުރޫއަރާ އެއްވެސް ކަމެއް ނޯންނާނެކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

ރައީސް މުއިއްޒު ވަނީ މި އެއްބަސްވުން ހުރިހާ ރައްޔިތުންވެސް ބެލުމަށް އެދިވަޑައިގެންފަ އެވެ. އަދި މިއީ ދެފުށް ފެންނަ ސަރުކާރެއްކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ