ޕިކަޕްބެޓަރީ ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި ބެޓަރީތައް ފެނިފައިވަނީ މިއަދު ފަތިހު 06:45 އެހާކަށްހާއިރު ފަރީދީ މަގު ޗާނދަނީ މަގު ގުޅޭ ހިސާބުން ދުއްވާފައި ދިޔަ ޕިކަޕެއްގެ ތެރެއިން ކަމަށެވެ. ޕިކަޕްގައި ތިބި މީހުންނާމެދު ޝައްކުވެގެން ބަލާފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޕިކަޕް ބެޓަރީ (12 ބެޓަރީ) ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާއި ގުޅިގެން ސ. މަރަދޫފޭދޫ / މާކަރީ ލައިޓް، އަލީ އަހުސަން (32 އ) އަދި ސ. ފޭދޫ/އަނަސް، މުހައްމަދު ނީޒާދު (43އ) ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ނެވެ.