ރާއްޖެ އެތެރެކުރަން އުޅުނު 3.48 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއެތެރެކުރަން އުޅުނު ޖުމްލަ 3.48 ކިލޯގްރާމްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން މިކަން ހާމަކޮށްފައި ވަނީ އެ އިދާރާއިން ނެރުނު ބަޔާނެއްގަ އެވެ.

މިތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއައި ފަސިންޖަރެއްގެ ލަގޭޖުންނާއި ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައިކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

މިގޮތުން 2024 އޮކްޓޯބަރު 5 ވަނަ ދުވަހު، ބްރެޒިލް އިން ރާއްޖެއައި، ބްރެޒިލްގެ 33 އަހަރުގެ އަންހެނެއްގެ ލަގޭޖުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގޭޖް އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ލަގޭޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިގެން ކަސްޓަމްސް އިން އެތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސް އިން ބުނީ، މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 2.44 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 6,100,000.00 (ހަ މިލިއަން އެއްލައްކަ) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށެވެ.

އޭގެއިތުރުން ކަސްޓަމްސް އިން ބުނީ މި މަހުގެ 7 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާ ފާސްކުރިއިރު، އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިގެން ކަސްޓަމްސް އިން އެތަކެތި ތަހުލީލްކުރި ކަމަށެވެ. އަދި އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

ކަސްޓަމްސް އިންބުނީ، އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1.04 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 1,040,000.00 (އެއްމިލިއަން ސާޅީސް ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ، މި މައްސަލަތައް އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، ބްރެޒިލްގެ ފަސިންޖަރު އަދި ޕޯސްޓް ޕެކޭޖު ބަލާ ކަސްޓަމްސްއަށް އައި، 40 އަހަރުގެ ދިވެހި ފިރިހެނެއް މިހާރު ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ކަސްޓަމްސް މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ