ހާރިޖީ ސިޔާސަތަށް ބަދަލެއް ނާދޭ، އިސް ކުރާނީ ދިވެހިންގެ ކަންކަން: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

މި ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ބަދަލެއް ނާންނަކަމަށާއި އަބަދުވެސް އިސް ކުރާނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެގައުމުގެ ބެންގަލޫރުގައި ދިރިއުޅެމުންދާ ދިވެހިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ މި ދަތުރުފުޅުގައި އެމަނިކުފާނު ކަނޑައެޅި މަގުސަދު ހާސިލުވެފައިވާ ކަމަށެވެ. ދިވެހި ރައްޔިތުންނަށް ކަންކަން ފަހިވެގެން ދާނެ ގޮތަށް ދިވެހި ރައްޔިތުންގެ ހައްގުގަ ރައްޔިތުންނަށް މުހިންމު ކަންތައްތަކަކަށް މަސައްކަތްތަކެއް ފެށިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ދިވެހިރާއްޖެއާއި އެހެން ގައުމުތަކާއި އޮންނާނީ ކޮންކަހަލަ ގުޅުމެއްކަން ނުވަތަ ހާރިޖީ ސިޔާސަތު އޮންނާނީ ކިހިނެއްކަން އެމަނިކުފާނު ރިޔާސީ ކެމްޕޭނު ފެށުމަށްޓަކައި މެނިފެސްޓޯ ލޯންޗް ކުރި ދުވަހު ވިދާޅުވެފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.

އެ ސިޔާސަތު އެއީ އަޅުގަނޑު އަބަދުވެސް ކުރިއަށް ގެންދާނެ ސިޔާސަތު. އެއީ ކޮން ސިޔާސަތެއްތޯ؟ އެއީ ދިވެހި ރައްޔިތުން އިސް ކުރުމުގެ ސިޔާސަތު. ދިވެހި ގައުމު އިސް ކުރުމުގެ ސިޔާސަތު. އަޅުގަނޑު އެރޭ ދެންނެވިން ދިވެހި ރައްޔިތުންނަށް ދިވެހި ގައުމަށް ފަހިވާ ގޮތަށް، ކަންކަން ހަމަޖެހިގެންދާ ގޮތަށް ނުވަތަ ރައްޔިތުންގެ ކަންކަމަށް ކަންކަން ފަހި ކުރެވޭ ގޮތަށް އަޅުގަނޑުމެންނަށް އެހީތެރިކަންދޭ ހުރިހާ ގައުމަކާ އެކީގައި ގާތް ގުޅުމެއް ބާއްވާނަމޭ.

ގައުމުތަކާއެކު ކިތަންމެ ގާތް ގުޅުމެއް ބޭއްވި ނަމަވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްވާކަން ކަށަވަރު ކުރައްވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެމަނިކުފާނުގެ ސަރުކާރުން މިހާތަނަށްވެސް އަދި ކުރިއަށް އޮތްތާވެސް މަސައްކަތް ކުރައްވާނީ އެ ސިޔާސަތުގެ މަތީގައިކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ އިންޑިއާއަކީ ރާއްޖެއަށް ކަމެއް ބޭނުންވާ ހިދު އެންމެ އަވަހަށް އެހީތެރިކަންދޭ އެއްގައުމުކަމަށް ވިދާޅުވެފަ އެވެ. އަދި އިންޑިއާއާއެކު ސިޔާސީ ގުޅުން ގާއިމުވިތާ އަންނަ އަހަރަށް 60 އަހަރުވާނެކަން އެމަނިކުފާނު ފާހަަގަ ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ