މާލެ ސަރަހައްދުގެ ކުނި އުކާލާ ގަޑިތަކަށް ބަދަލު ގެންނަނީ

Advertisement

އެންމެ ފަސް

Advertisement

ގްރޭޓަރ މާލެ ސަރަހައްދުގައި ކުނި އުކާލާ ގަޑިތަކަށް ބޮޑު ބަދަލެއް ގެނައުމަށް މާލެފަހި ޕްރޮގްރާމްގެ ދަށުން ނިންމައިފި އެވެ.

މި ބަދަލާއެކު، ކުނި އުކާލުމުގެ ވަގުތު ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ބަދަލު ކުރަން ވަނީ ހަމަޖެހިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން މިކަން މާލެފަހި ޕްރޮގްރާމްގައި ހިމަނާފައިވަނީ، މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި މިވަގުތު ގެންނަން ޖެހިފައިވާ މުހިންމު ބަދަލެއް ކަމުގައިވާތީ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނީ، މާލޭގެ މަގުތަކުގައި ދުވާލުގެ ވަގުތުތަކުގައި އުޅަނދުފަހަރުގެ ދަތުރުފަތުރު އިތުރުވެފައިވާތީ، ކުނި އުކާލުމުގެ މަސައްކަތް ރޭގަނޑުގެ ވަގުތުތަކަށް ބަދަލުކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމުގައި ގަބޫލުކުރާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނީީ، މި އުސޫލު ތަންފީޒުކުރުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ އާއި އެކު، ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތައް ވެސް ބައިވެރިވާނެ ކަމަށެވެ. މީގެ ތެރޭގައި، މާލެ ސިޓީ ކައުންސިލް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ހިމެނޭ ކަމަށެވެ.

 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) މާލެ ސިޓީ ކައުންސިލް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ