ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދައުލަތުގެ އެހެނިހެން އިސް ވެރިންނަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރެވުނު މީހާގެ ބަންދު މުއްދަތު 15 ދުވަހަށް އިތުރުކޮށްފި އެވެ.
ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރެވުނު ގ. ސަންސަންގެއާގެ/މާލެ އަބްދުﷲ މިޔާދު (40 އަހަރު) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައިވެ އެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ، ރައީސް މުހައްމަދު މުއިއްޒުގެ ސޯޝަލް މީޑިއާ ޕޭޖުން ދެއްކި ލައިވް ސްޓްރީމްއެއްގައި ‘އަބްލޯ މައިދު ޔޫސެފް’ ގެ ނަމުގައި ހަރަކާތްތެރިވި އެކައުންޓަކުން ރައީސް “މަރާލާނަން” ކަމަށް ބުނެ އިންޒާރު ދީފައިވެ އެވެ. އެ ވަގުތު ރައީސް މުއިއްޒު ދެއްކެވީ އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ދެއްވި ތަގުރީރެކެވެ.
ފުލުހުން ބުނާ ގޮތުގައި، އަބްދުﷲ މިޔާދު ހައްޔަރުކުރެވިފައިވަނީ ރާއްޖެއިން ބޭރުގައި ހުރެފައި އިއްޔެ ރޭގެ ވަގުތެއްގައި ރާއްޖެ އައުމުން ނެވެ. އޭނާއަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ރައީސް މުއިއްޒާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް މަރުގެ އިންޒާރު ދިނުމާއި، އެހެން މީހުންނަށްވެސް މަރުގެ އިންޒާރު ދިނުމާއި، އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ޕޯސްޓުތައް ކުރުން ހިމެނެ އެވެ.
ފުލުހުންގެ ފަރާތުން މި މައްސަ މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމަށް ބުނެފައިވެ އެވެ. މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ފުލުހުންގެ ޚިދުމަތް