ރައީސް ކަރްނާޓަކާގެ ގަވަރުނަރުއާއި ބައްދަލުކުރައްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ކަރްނާޓަކާގެ ގަވަރުނަރު، ތަވާރު ޗާންދު ގެހްލޮޓްއާ ބައްދަލުކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދާއި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި ގަވަރުނަރު ވަނީ ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ދައުލަތުގެ ދަތުރުގެ މުހިންމުކަމާއި، އަވަށްޓެރި ދެގައުމުގެ ދެމެދުގައި ދެމިއޮތް ގާތް ގުޅުމަށް އަލިއަޅުވާލައްވާފަ އެވެ.

ރައީސް މުއިއްޒު ވަނީ ދިވެހި ސަރުކާރަށް ދީލަތި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދައުލަތުގެ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކަކީ ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށާއި ހާއްސަކޮށް ނިއުދިއްލީ އާއި މުމްބާއީގައި ބޭއްވި ވިޔަފާރީގެ ފޯރަމްތަކުގެ ކާމިޔާބީއަށް އަލިއަޅުވާލާފައިވެ އެވެ. މިއަދު ބެންގަލޫރުގައި އިތުރު ފޯރަމްތަކެއް ތާވަލުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަރްނާޓަކާގެ ޗީފް މިނިސްޓަރ ސިދާރަމައިޔާ ވަނީ ރާއްޖެ އާއި ކަރްނާޓަކާއާ ދެމެދު ތަރައްގީވަމުން އަންނަ ގުޅުމަށް އަލިއަޅުވާލައްވާ، ތައުލީމު އަދި ސަގާފަތުގެ ތަޖުރިބާ ބަދަލުކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ތަޖުރިބާ ހިއްސާކުރުމަށް ތައްޔާރަށް ހުރިކަން ހާމަކުރައްވާފަ އެވެ.

މި ބައްދަލުވުން ނިންމާލާފައިވަނީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ލީޑަރުން ވެވަޑައިގަތް ވައުދާއެކުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ ބެންގަލޫރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ