އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން 2024 އެވޯޑް ރާއްޖެއިން ކާމިޔާބުކޮށްފި އެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ، 10ވަނަ ވޯލްޑް ސްޕާ އެވޯޑްސްގައި އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން 2024ގެ އެވޯޑް ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
މި ޝަރަފުވެރި އެވޯޑަކީ ސްޕާ އަދި ވެލްނެސް އިންޑަސްޓްރީގެ ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ވަރުގަދަކޮށްދޭ އެވޯޑެއް ކަމަށެވެ.
މި އެވޯޑުގެ އިތުރުން ރާއްޖޭގެ ދެ ރިސޯޓަކަށް ވެސް ވަނީ އެވޯޑުތަކެއް ލިބިފަ އެވެ. އެއީ ޖޯލި ބީންގް ރިސޯޓަށް ލިބިފައިވާ މޯލްޑިވްސް ބެސްޓް ވެލްނެސް ރިޓްރީޓް 2024ގެ އެވޯޑާއި ވޯލްޑޯފް އެސްޓޯރިއާ ސްޕާ މޯލްޑިވްސް އިތާފުއްޓަށް ލިބުނު މޯލްޑިވްސް ބެސްޓް ރިސޯޓް ސްޕާ 2024ގެ އެވޯޑެވެ.
މި އެވޯޑުތަކަކީ ފަތުރުވެރިންގެ ވޯޓާއެކު ފަތުރުވެރިންގެ ތެރޭގައި އެންމެ މަގުބޫލު މަންޒިލުތަކަށް ލިބޭ އެވޯޑުތަކެކެވެ. މީގެ ސަބަބުން ސްޕާ އަދި ވެލްނެސް ދާއިރާއިން ރާއްޖެއަށް އިތުރު ޝަރަފެއް ލިބިގެންދެ އެވެ.
މި އަހަރަކީ ސްޕާ އަދި ވެލްނެސް ޓޫރިޒަމްގެ ދާއިރާއިން ފާހަގަކޮށް އިނާމު ދިނުމުގެ ޕްލެޓްފޯމެއް ކަމަށްވާ ވޯލްޑް ސްޕާ އެވޯޑްސްގެ 10 ވަނަ އަހަރެވެ. މި އެވޯޑްތަކަކީ ދުނިޔޭގެ އެންމެ ތަފާތު އަދި ޚާއްސަ މަންޒިލްތަކުގެ އަގުވަޒަންކުރާ އެވޯޑްތަކެއް ކަމަށާއި، މި އެވޯޑުތަކުގައި ފަތުރުވެރިން ވޯޓުލާ ކަމަށެވެ.
ވޯލްޑް ސްޕާ އެވޯޑްސްގެ މަގުސަދަކީ ޚާއްސަ މިންގަނޑުތަކަށް އިންސްޕަޔަރކޮށް، ސްޕާ ކޮންސިއުމަރުން ދުނިޔޭގެ ސްޕާ އަދި ވެލްނެސް ޓޫރިޒަމްގެ އެންމެ މޮޅު ފަރާތްތަކާ ގުޅުވައިދިނުމެވެ.
ވިޒިޓް މޯލްޑިވްސް މިނިސްޓްރީ އޮފް ޓޫރިޒަމް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)