މާލޭގެ ގެޔަކަށް މީހަކު ވައްދާ އަނިޔާކޮށް ފޭރުނު މައްސަލައެއްގައި ހިމެނޭ ތިން މީހަކަށް ދައުވާ ކޮށްފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނެފައިވަނީ، 24 ޖުލައި 2024 ދުވަހުގެ ވަގުތެއްގައި ދިލްބަހާރުމަގު މއ. މަސްފަން ގެ ކައިރީގައި ހުރި މީހަކަށް ގޮވައި އޭނާ މަސްފަންއަށް ވައްދައި ވަޅިން ބިރު ދައްކާ އޮރިޔާންކޮށް އަނިޔާކޮށް އޭނާގެ ފޯނު އަތުލައި އޭނާގެ އެކައުންޓުން ފައިސާ ޓްރާންސްފާކޮށް އަދި އޭނާގެ ކޭޝް ކާރޑް ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ ކަމަށެވެ. މި މައްސަލައިގައި ހިމެނޭ ތިން މީހުނަށް ދައުވާ ކުރުމަށް 23 ސެޕްޓެންބަރު 2024 ގައި ކްރިމިނަލް ކޯޓަށް ހުށަހާފައިވާ ކަމަށް ޕީޖީން ބުނެފައިވެ އެވެ.
މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ:
- ސ. ހިތަދޫ، ސޯމާ، ޝަފީޤު އިބްރާހީމްއާއި،
- މއ. މަސްފެން، މުޙައްމަދު ރީހާންއާއި،
- މއ. މަސްފެން، ޢާއިޝަތުގެ މައްޗަށް.
މި ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ، އެނގިހުރެ ހުއްދަނޫން ގޮތެއްގައި މަޢުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ އަދި ފޭރުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)