ހުޅުމާލެ މަގު ބައްތިތައް ނުދިއްލޭ މައްސަލާގައި ޕީއެންސީގެ މެމްބަރުގެ ނުރުހުން އެޗްޑީސީއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމަލެ ފޭސް 2 ގެ މަގުބައްތިތައް ނުދިއްލޭ މައްސަލާގައި އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ފާޑުވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ފޭސް 2 ގެ މަގުބައްތިތައް ނުދިއްލޭ މައްސަލާގައި މީހަކުކޮށްފައިވާ މެސެޖެއްގެ ސްކްރީން ޝޮޓްއާއެކު ހުސެއިން ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިި ވަނީ މަތި ބަރު އެޗްޑީސީއަށް ރައްޔިތުންނަށް ދެވެނީ ކޮން ހިދުމަތެއްތޯ ސުވާލު އުފައްދަވާފަ އެވެ.

މެމްބަރު ޝަރީފަށް އާންމު ރައްޔިތަކު ފޮނުވާފައިވާ އެ މެސެޖުގައި ވަނީ ފޭސް 2 ގެ މަގުބައްތިތައް ދިއްލަން ކިހާ ދުވަހެއް ނަގާނެތޯ ސުވާލުކޮށްފަ އެވެ. އަދި މައްސަލަ ހައްލުވާނީ މަގުމަތިންދާ މީހެއްގެ ގައިގައި ވެހިކަލަކުން ޖެހުމުންތޯވެސް އެ ރައްޔިތު މީހާ ސުވާލުކޮށްފަވެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ތަރައްޤީކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. އަދި ކުރަން ހުރި މަސައްކަތް އަދި ނުކުރެވި ހުރި މަސައްކަތް ހުންނާނެކަމަށް ގަބޫލުކުރައްވާ ކަމުގައި ދެކޭކަމަށް އޭނާ ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ގެ މަގު ބައްތިތައް ދިއްލުމަށް ބޭނުންވާ ތަކެތި ހޯދުމަށް އޯޑަރުކުރެވިފައިވާ ކަމަށެވެ. އަދި މަގު ބައްތިތައް ދިއްލުމަށް ބޭނުންވާ ކަރަންޓު ވިއުގަ އޮގަސްޓު މަހުގެ ތެރޭގައި ނިމިފައިވާ ކަމަށެވެ. ނަމަވެސް އެ ކޭބަލްތައް ވަގަށް ނަގާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވި ގޮތުގައި އެޗްޑީސީގެ ހުރިހާ މުވައްޒިފުންވެސް ވަރުބަލިކަމެއް ނެތި ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކުރައްވާ ކަމަށެވެ. އަދި އެކަމަށް ފަހުރުވެރިކަވާކަމަށް ވިދާޅުވެ، އެޗްޑީސީގެ މުވައްޒިފުންނަށް ފަޒުލް ޝުކުރު އަދާކުރެއްވި އެވެ.

ހުޅުމާލެ ފޭސް 2 ގެ އާންމުކޮށް ރައްޔިތުން ބޭނުންކުރާ މަގުތަކުގެ ބައްތިތައް ދޭތެރެއަކުން އެޗްޑީސީން މަރާމަރުކޮށް ދިއްލަ އެވެ. ނަމަވެސް ކޭބަލް ވަގަށް ނެގުމާއި، ހުޅުމާލެ ފޭސް 2 ސަރަހައްދުގައި ކޮންސްޓްރަކްޝަން ބޭނުމަށް ގިނައިން ކޮންނަންޖެހުމުންވެސް ކޭބަލްތަކަށް ގެއްލު ލިބި، މަގު ބައްތިތައް ހަލާކުވެ އެވެ.

މި ފަހަކުން އައިސް، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މަސައްކަތްތަކާއިމެދު ހިތްހަމަނުޖެހި ބައެއް މެމްބަރުން ކަންބޮޑުވުންތައް ފާޅުކޮށްފަ އެބަ ހުރި އެވެ. އަދި ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި ކުންފުނިތަކުގެ ވެރިން ފޯނަށް ޖަވާބު ނުދެއްވާ މައްސަލަވެސް، ޕީއެންސީގެ ބައެއް މެމްބަރުން ކަންބޮޑުވުމާއެކު ފާޅުކޮށްފައިވެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ