މި އަހަރުގެ މިހާތަނަށް ގަވާއިދާ ހިލާފަށް ބޯޑަރު ހުރަސްކޮށް ވައިގެ މަގުން ރާއްޖެ އެތެރެވާން އުޅުނު 45 މީހަކު އިމިގްރޭޝަނުން ހިފަހައްޓައިފައިވާ ކަމަށް، އެ އިިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މި ފަރާތްތަކުން ވަނީ ވަގު އައިޑީ، ޕާސްޕޯޓު، ރެސިޑެންސް ކާޑު އަދި ވިސާ ފަދަ ލިޔެކިޔުންތައް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކޮށްފަ އެވެ.
ވަގަށް ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި މީހުންގެ އަދަދުތައް؛
މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި (17 ނޮވެމްބަރު- ޑިސެމްބަރު):
- ވަގު ރެސިޑެންޓް ކާޑު – 01 ކޭސް
- ވަގު ޕާސްޕޯޓް – 04 ކޭސް
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި (ޖެނުއަރީ- މާޗު):
- ވަގު ޕާސްޕޯޓް – 06 ކޭސް
- ވަގު އައިޑީ – 01 ކޭސް
- އެހެން މީހެއް ކަމަށް ހެދިގެން ރާއްޖެ އެތެރެވާން އުޅުން – 01 ކޭސް
މި އަހަރުގެ ދެވަނަ ކުއާޓަރުގައި (އޭޕްރިލް- ޖޫން):
- ވަގު ޕާސްޕޯޓް – 16 ކޭސް
- ޕާސްޕޯޓް ފޯޖުކުރުން – 01 ކޭސް
މި އަހަރުގެ ތިންވަނަ ކުއާޓަރުގައި (ޖުލައި- ސެޕްޓެމްބަރު):
- ވަގު ޕާސްޕޯޓު – 05 ކޭސް
- ވަގު އައިޑީ – 01 ކޭސް
- ވަގު ބަޔޯ ޕޭޖް – 03 ކޭސް
- ފެންޓަސީ ޕާސްޕޯޓް – 01 ކޭސް
- އެހެން މީހެއް ކަމަށް ހެދިގެން ރާއްޖެ އެތެރެވާން އުޅުން – 04 ކޭސް
- ވަގު ވިސާ – 02 ކޭސް
- ވަގު ސްޓޭމްޕް – 04 ކޭސް
އިމިގްރޭޝަނުން ގެންދަނީ ރާއްޖެއަށް ގަވާއިދާ ޚިލާފަށް ބޯޑަރު ހުރަސްކޮށް ވައިގެ މަގުން އެތެރެވާން މަސައްކަތްކުރާ ފަރާތްތައް އަތުލައިގަތުމަށް މަސައްކަތްކޮށް، ސެކިއުރިޓީ ބަލަހައްޓަމުން ނެވެ.