ޗެނަލް13 އިން ދެއްކި ”ބެލްކަނި“ ރިޕޯޓްގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އެމަނިކުފާނުގެ ދޮންދަރީގެ ނިޔާވުމާއި ގުޅޭގޮތުން ޗެނަލް13 އިން ދެއްކި ރިޕޯޓްގެ މައްސަލަ، ޓީވީތަކުގެ ބެލެނިވެރިފަރާތްކަމުގައިވާ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.

ޗެނަލް13ގެ އެ މައްސަލަ ބްރޯޑްކާސިޓް ކޮމިޝަނުން ވަނީ، އެ ރިޕޯޓުގެ ޕޯސްޓަރުތައް އާންމުކުރުމާއެކު، އެ ރިޕޯޓް ނުދައްކުމަށާއި، ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ ޗަނަލްއަށް ނަސޭހަތްތެރިވެފައިވަނިކޮށް، އެ ނަސޭހަތަށް ބެލުމެއް ނެތި ރިޕޯޓް ބްރޯޑްކާސްޓްކުރުމާއި ގުޅިގެންނެވެ.

މައްސަލަ ބެލުމަށް ނިންމިކަން ހާމަކޮށް، ޗެނަލް13 އަށް ބްރޯޑްކޮމްއިން ފެނުވި ލިޔުމުގައި ބުނެފައިވާ ގޮތުގައި އެ މައްސަލަ ބަލަމުންދާ ވަގުތުގައި އެ ރިޕޯޓް އަލުން ބްރޯޑްކާސްޓް ނުކުރުމަށާއި، އެ ރިޕޯޓާއި ގުޅޭ އެންމެހައި ކޮންޓެންޓެއް ސޯޝަލް މީޑިއާއިން ނެގުމަށް އަންގާ ކަމަށެވެ. އަދި މައްސަލަ ވަކިގޮތަކަށް ނިމެންދެން، އެ ރިޕޯޓްގެ އެންމެހައި ކޮންޓެންޓެއް ތަހުޤީޤް ބޭނުމަށް ރައްކާކޮށްފައި ބެހެއްޓުމަށްވެސް އަންގާފައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނި ގޮތުގައި، އެ ކޮމިޝަނުން އެ މައްސަލަ ބަލަމުން އަންނަނީ އަވަސް މައްސަލައެއްގެ ގޮތުގަ އެވެ.

ޗެނަލް13ގެ އެ ރިޕޯޓްގެ މައްސަލަ ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވަނީ އެ ކުއްޖާގެ އާއިލާގެ ފަރާތުންނެވެ. އަދި އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށް ސިޓީއެއްވެސް އާއިލާއިން ހުށަހަޅާފައިވެ އެވެ.

އުމުރުން 25 އަހަރުގެ އެ އަންހެން މީހާ ވެއްޓި ނިޔާވެފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ބެލްކަނިން ނެވެ. އެއީ އެމްޕީއެލް ސަރަހައްދުގައި ހުންނަ އިމާރަތެކެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ