އެގްރި ބޯޓުގެ ހިދުމަތާއި އެކު ދަނޑުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ: ވަޒީރު އާދަމް ޝަރީފް

Advertisement

Advertisement

އެންމެ ފަސް

Advertisement

އެގްރި ބޯޓުގެ ހިދުމަތާއި އެކު ދަނޑުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށާއި އަދި ކާބޯތަކެތީގެ ރައްކާތެރިކަންވެސް އިތުރަށް ކަށަވަރުވެގެން ދާނެ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ރާއްޖެއަށް އެގްރިބޯޓް ތައާރަފްކޮށްދެއްވައި އެކަމަށް ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ނެވެ.

ވަޒީރު އެކަމާއި ގުޅިގެން ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިިދާޅުވީ އެގްރި ބޯޓް ރާއްޖެއަށް ތައާރަފް ވެގެން ދިއުމަކީ ތާރީހީ ކާމިޔާބެއް ކަމަށާއި އަދި މިބޯޓާއި އެކު ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަަށަވަރުވެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވުމަށްވެސް މަގުފަހިވެގެން ދާނެ ކަމަށެވެ.

އެގްރިބޯޓަކީ ޖަޕާނު ސަރުކާރުގެ އެހީގައި ބަނދެފައިވާ ބޯޓެކެވެ. މި ބޯޓުގައި ދަނޑުވެރިކަމުގެ ބާވަތްތައް ރައްކާކުރުމާއި ސޯލާ ޕަވާރޑް ކޯލްޑް އެންޑް ޑްރައި ސްޓޯރޭޖް ފެސިލީޓީތަކާއި އެކު ތަރުކާރީއާއި މޭވާ ރައްކާތެރިކަމާއި އެކު ލ. އަތޮޅުގެ ރަށްތަކުން މާލެއަށް ތަރުކާރީ އާއި މޭވާ ތާޒާކަމާއި އެކު ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައި ވެއެވެ.

މިމަޝްރޫއުގެ މައިގަނޑު މަގްސަދަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ދެމެހެއްޓެނިވި ގޮތުގައި މާލޭގެ ބާޒާރަށް ރައްކާތެރިަކާމާއިއެކު ފޯރުކޮށްދިނުމެވެ.

މިރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަަނޑައަލުއްވާފައި ހުންނަވާ ސަފީރު ތަކެއޮޗި މިދޮރި ބައިވެރިވެލެއްވި އެވެ.

އެގްރޯ ނެޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ