ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ފުވައްމުލަކު ސިޓީއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނު ރަށްތައް އާންމު ކޮށްފައިވާއިރު، ފުވައްމުލަކަށް ފާއިތުވި 24 ގަޑިއިރު 120 މިލިމީޓަރުގެ ވާރެ ވަނީ ވެހިފަ އެވެ. ދެވަަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނީ ސ. ގަމަށެވެ. އެއީ 70 މިލިމީޓަރުގެ ވާރޭ އެވެ.
މިދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނު ހިސާބުތަށް:
- ޏ. ފުވައްމުލަކު – 120 މިލިމީޓަރު
- ސ. ގަން – 70 މިލިމީޓަރު
- ލ. ކައްދޫ – 59.9 މިލިމީޓަރު
- ލ. މާވަށް 41.8 މިލިމީޓަރު
- ގދ. ކާޑެއްދޫ – 20.2 މިލިމީޓަރު
- ގއ. ގެމަނަފުށި – 37.2 މިލިމީޓަރު
- ސ. ހިތަދޫ – 29.7 މިލިމީޓަރު
- ގދ. ފަރެސްމާތޮޑާ – 22.2 މިލިމީޓަރު
މެޓުން ބުނީ، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވަރަށް ވައި ވައިގަަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވާނެ ކަމަަށާއި، އެހެންކަމުން ކަނޑުދަތުރު ކުރާާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް މެޓުން އިލްތިމާސް ކުރެ އެވެ.