ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ޝަރީފް ކުރިމަތިލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯކަން ކުރައްވާފައިވާ މުހައްމަދު ޝަރީފް އަލުން އެ މަގާމަށް ކުރިމަތިލައްވައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން “ޖަވިޔަނި” އަށް އެކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ އޭނާ އެ މަގާމަށް ކުރިމަތިލެއްވީ ތަޖުރިބާ ހުރި ބޭފުޅަކު ބީއެމްއެލްގެ ސީއީއޯ ކަމަށް ކުރިމަތިލާން އިއުލާން ކުރުމުން ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކާލް ސްޓުމްކަ މިދިޔަ މަހުގެ 9 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެން ބޭންކްއިން ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފަ އެވެ.

ބީއެމްއެލްގެ ބްރާންޗް މެނޭޖަރުގެ މަގާމުގައި 1995 ވަނަ އަހަރު ބޭންކާއި ގުޅުނު ޝަރީފް ވަނީ ބީއެމްއެލްގައި 25 އަހަރު ވަންދެން މަސައްކަތް ކުރައްވާފަ އެވެ.

ނަމަވެސް، ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ މައްޗަށް ކުރެވުނު އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ޝަރީފް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފަހުން އޭނާ ބީއެމްއެލްގެ ސީއީއޯ ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވެ އެވެ. 2019 ވަނަ އަހަރުގެ ޖުލައި މަހު ބޭއްވި އެ ކޮމިޓީ ބައްދަލުވުމަށްފަހު އޭގެ ޖެހިގެން އައި އަހަރު ޝަރީފް މަގާމުން އިސްތިއުފާ ދެއްވާފައިި ވެއެވެ. ޝަރީފް ވަނީ ބޭންކްގެ އެކި ސެކްޝަންތަކުގެ މެނޭޖަރުކަން އަދާކޮށް ޑެޕިއުޓީ ސީއިީއޯގެ މަގާމު އަދާކުރައްވާފަ އެވެ.

ޝަރީފްއަކީ ޔުނިވާސިޓީ އޮފް މެންޗެސްޓާއިން މާލީ ރޮނގުން މާސްޓާސް ޑިގްރީއެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ބީއެމްއެލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ