އިސްލާމިކް މިިނިސްޓްރީން މާލޭގައި ތަރައްގީކުރުމަށް ނިންމާފައިވާ ވަގުފު އިމާރާތް، ”ދާރުލް އަރުގަމް“ ގެ ކުރެހުން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނެފައިވަނީ، ދާރުލް އަރުގަމްގެ ކޮންސެޕްޓް ޑިޒައިން، ޑްރޯވިންގްސް، ބީއޯކިޔުއާއި، ޓެކްނިކަލް ސްޕެސިފިކޭޝަން، މެޓީރިއަލް ސްޕެސިފިކޭޝަން އަދި ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަަށެވެ.
އަދި މި މަސައްކަތް ހުޅުވާލައިފައި ވަނީ ބީލަމުގެ އުސޫލުން ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 14 ވަަނަ ދުވަހުގެ ކުރިން، އިއުލާނާ އެކު އެ މިނިސްޓްރީއިން އާންމުކޮށްފައިވާ ގޫގުލް ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް އެ އިސްލލާމިކް މިިނިސްޓްރީން ވަނީ އެދިފަ އެވެ.
މި ބީލަން ހުޅުވާލެވިފައި ވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.