މިއަދު އުދަ އަރާފާނެ : މެޓް

Advertisement

އެންމެ ފަސް

Advertisement

މިއަދުވެސް މޫސުން ގޯސްކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މިއަދު 18:00 އާ ހަމައަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އިން ބުނީ ބައެއް ރަަށްރަށަށް ގަދަވަޔާއެކު ވާރޭ ވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ.

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވަރަށް ވައި ވައިގަަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ހުރިހާ ފަރާތްތަކުންވެސް މޫސުމަަށް ސަމާލުވުމަަަށް މެޓް އިން އަންގާފައި ވެއެވެ.

މެޓް އިން އެންމެ ފަހުން ނެރުނު ނިމުތުގައި ވަނީ މިއަދު ދެކުނުގެ ލ. އިން ފެށިގެން އައްޑޫއާއި ހަމައަށް ހުދު ސަމާލު ނެރެފަ އެވެ. މިހާރުން ފެށިގެން މެންދުރު 1:30 ގެ ނިޔަލަށް އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ނިމުތުގައި ވެއެވެ. އަދި އެ ވަގުތުކޮޅު ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ