އެމްއެންޑީއެފުން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ މި ތަމްރީން އޮކްޓޫބަރު 5 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށެވެ.
މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށްގެންދަނީ ހުޅުމާލެ ފޭސް-3، ފަރުކޮޅުފުށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިތުރުން ހުޅުމާލެ މެއިން ބަސް ސްޓޭޝަން (ފެރީ ޓާމިނަލް ކުރިމަތި) ގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާ އެކު ދަނީ ހަރަކާތްތެރިވަމުން ނެވެ. ނަމަވެސް ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް މި ތަމްރީނުތަކުގައި ބޭނުމެއް ނުކުރާނެ ކަމަށް ބުނެފައި ވެއެވެ.