ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަވަހާރަކުރަން އިންޒާރުދިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި، ހައްޔަރުކުރެވުނު ފަރާތަކީ މާލެ، ގ.ސަންސަންގެއާގެ، އަބްދުﷲ މިޔާދު (40އ) އެވެ. އޭނާ ބޭނުންކުރާ ކަމަށް ބެލެވޭ ފޭސްބުކް އެކައުންޓެއް މެދުވެރިކޮށް ރައީސް މުއިއްޒަށާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރާލާނެކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މީގެ އިތުރުން، އެހެން ފަރާތްތަކަށްވެސް އިންޒާރުދީ، އެކި ގޮތްގޮތުން ގެއްލުން ދޭނެކަމަށް ބުނެ، ހަޑިހުތުރު ބަހުން ޕޯސްޓްތައް ކުރަމުން ގެންދިޔަކަމަށް ފުލުހުން ފާހަގަކޮށްފައިވެ އެވެ. އަދި އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށްވެސް ޕޯސްޓްތައް ކޮށްފައިވާކަމަށް ބުނެ އެވެ.
ފުލުހުންގެ މައުލޫމާތުގައިވާ ގޮތުން، އަބްދުﷲ މިޔާދު ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ހުރެފައި މިރޭގެ ވަގުތެއްގައި ރާއްޖެ އައުމުންނެވެ.
ރައީސް އަށް އިންޒާރުދޭ ފަދަ ކޮމެންޓެއް 28 ސެޕްޓެމްބަރުގައި “އަބްލޯ މްޔަދު ޔޮސެފް” ފޭސްބުކްގައި ލިޔުމަށްފަހު އެމީހާ ވަނީ އޭނާ ހައްޔަރުކުރުމަށް ފުލުހުންނަށް ގޮންޖަހާ، މެސެޖެއް ފޭސްބުކްގައި ލިޔެފަ އެވެ. ރައީސް “މަރާލާނެ” ކަަމަށް ބުނެ މީހަކު ކޮމެންޓު ކުރީ ފޭސްބުކް އިން ގެނެސްދެމުންދިޔަ ލައިވް އެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ފުލުހުންގެ ޚިދުމަތް