ސްޓެލްކޯއިން ގާފަރުގައި އިމާރާތްކުރި އޭޓީއެމްގެ މަސައްކަތް ނިމިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކ. ގާފަރުގައި އިމާރާތްކުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ މަސައްކަތް ނިމިއްޖެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ފަހުމީ ވިދާޅުވި ގޮތުގައި މި މަޝްރޫއުއަކީ މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ކ. ގާފަރު މުޖުތަމައަށާއި އެ ޖަމާއަތުގެ ސްޓޭކްހޯލްޑަރުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ މުހިންމު މަޝްރޫއު އެކެވެ. އަދި މިކަމާ ގުޅިގެން ސްޓެލްކޯއިން ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވި ގޮތުގައި މި މަޝްރޫޢަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މުޖުތަމަޢުގެ ތަރައްޤީއާއި ރައްޔިތުންގެ ދުޅަހެޔޮކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.

މި މަޝްރޫޢު ކާމިޔާބު ކަމާއެކު ނިންމާލުމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ބޭންކް އޮފް މޯލްޑިވްސްގެ އެއްބާރުލުން ފާހަގަކޮށް، ފަހުމީ އެފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.

”އެބޭފުޅުންގެ ހިދުމަތްތެރިކަމާއި ތަޖުރިބާއިން އަޅުގަނޑުމެންނަށް ކޮންމެ ފިޔަވަޅެއްގެ މަގުދައްކައިދީ، މާނަހުރި ލަނޑުދަނޑިތައް ހާސިލުކުރުމުގައި ޕާޓްނަރޝިޕް ވަރުގަދަ“

ސްޓެލްކޯއިން ބުނި ގޮތުގައި، ގާފަރުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައާއި ލާބައަށް ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން އެރަށަށް އޭޓީއެމްގެ ޚިދުމަތް ލިއްބައިދިނުމަށް އެކުންފުނިން އިމާރާތްކޮށްފައިވާ އިމާރާތުގެ މަސައްކަތް ނިންމާ، މިއަދު ވަނީ އެ ޚިދުމަތް ގާފަރުގައި ފަށާފަ އެވެ.

”ރައްޔިތުންނަށް ބޭނުންވެފައިވާ މިފަދަ ޚިދުމަތްތައް ރަށްރަށަށް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމަކީ މިކުންފުންޏަށް ލިބޭ އުފަލެއް“ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މި އައު އޭޓީއެމްގެ ހިދުމަތް ފެށުމާއެކު، ގާފަރުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތްތައް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. މިއީ އެރަށުގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމުގައިވެސް ފާހަގަކުރެވެ އެވެ. އަލަށް ހުޅުވި އޭޓީމީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.

ހުސައިން ފަހުމީ ބީއެމްއެލް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ސްޓެލްކޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ