ބޮލީވުޑްގެ ފިލްމުތައް ރާއްޖޭގައި ކުޅުމަށް ރައީސް ދައުވަތު ދެއްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޮލީވުޑް ފިލްމުތަކުގެ މަންޒަރުތައް ރާއްޖޭގައިވެސްްި ކުޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.

މި ދައުވަތު ދެއްވީ އިންޑިޔާގެ ރައީސް ދްރޯޕަދީ މުރްްމޫގެ ދައުވަތަކަށް އާދީއްތަ ދުވަހު އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެއްގައި އިންޑިޔާގެ ފިލްމު އިންޑަސްޓްރީގެ ބައެއް ފަރާތްތަކާއެކު ބޭއްވުނު ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ އިިންޑިޔާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާކަން ފާހަގަކުރައްވާފަ އެވެ. އަދި ރާއްޖެއަކީ އީކޯ ޓޫރިޒަމާއި މައިސް (މީޓިންސް، އިންސެންޓިވްސް، ކޮންފަރެންސް އަދި އެކްސްހިބިޝަންތައް) ބޭއްވުމަށް ރަނގަޅު މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރައްވާފައިވެ އެވެ.

ރައީސް މުއިއްޒު ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އައި އައްޑޫ ސިޓީގައި 6,000 އާ އެނދު އިތުރުކުރުމާއި ގއ. އަތޮޅާއި ގދ. އަތޮޅުގައި 10,000 އަށް ވުރެ ގިނަ އެނދު އިތުރުކުރުމުގެ ޕްލޭންތައް ހާމަކުރައްވާފަ އެވެ. މީގެ އިތުރުން، އިންޑިޔާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް އިތުރުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ޓޫރިޒަމް މިނިސްޓަރު ފައިސަލް އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބައްދަލުވުމުގައި ބައިވެރިވި ބޮލީވުޑްގެ ތަރިންގެ ތެރޭގައި ޝިލްޕާ ޝެޓީ، އަރްބާޒް ހާން، ޝުރާ ހާން، ޝްރިޔާ ސަރަން، ސޮނާކްޝީ ސިންހާ، ޒަހީރް އިގްބާލް އަދި ސަނީ ކޯޝަލް ހިމެނެ އެވެ.

ކުރީގައިވެސް ރާއްޖޭގެ ރިޒޯޓްތަކުގައި ބޮލީވުޑް ފިލްމުތަކާއި ހިންދީ ޑްރާމާ ސިލްސިލާތަކުގެ ބައެއް މަންޒަރުތައް ކުޅެފައިވާކަން ފާހަގަކޮށްލެވެ އެވެ. މީގެ ތެރޭގައި މަޝްހޫރު ފިލްމު ”މޭނޭ ޕްޔާރް ކިޔު ކިޔާ“ ހިމެނެ އެވެ. މިހާރުވެސް ރާއްޖޭގެ ރިޒޯޓްތަކަކީ އިންޑިޔާގެ ފަންނާނުންގެ މެދުގައި ޗުއްޓީ ހޭދަކުރުމަށް މަޤްބޫލު މަންޒިލެކެވެ.

ރައީސް މުއިއްޒު ވާހަކަފުޅު ނިންމަވާލެއްވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް ލިބިފައިވާ ދާއިރާއެއްކަން ފާހަގަކުރައްވަމުން ނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ