ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ގެއްލުން ދިނުން އަންނަނީ އިތުރުވަމުން: އީޕީއޭ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ގެއްލުން ދިނުން އިތުރުވަމުންދާ ކަމަށް އީޕީއޭ އިން ބުނެފި އެވެ.

އީޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ ރައްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ނޭދެވޭ އަސަރުތައް ކުރާ ގިނަގުނަ ކަންތައްތަކެއް ފާހަގަވަމުން އަންނާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން، އެ އެޖެންސީގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެނީ، ހިމާޔަތްކޮށްފައިވާއި ދިރުންތައް ހިފާ ގެންގުޅުމާއި އެތަކެތި މަރުމާ ކެއުމުގެ އިތުރުން ތަކެތީގެ ބައިތަކުގެ ވިޔަފާރި ކުރުމެވެ. އަދި، ވެލާ ކަހަނބު ހިފުމާއި ހިމާޔަތްކޮށްފައިވާ ދޫނި ސޫފާސޫފީގެ ބާވަތްތައް އޮޅު ޖަނަވާރުންގެ ގޮތުގައި ގެންގުޅުން ހިމެނެ އެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ގުދުރަތީ ގޮތުގައި ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވައިދުން ވަނީ ރާއްޖޭގެ މާހައުލުން ފެންނަ މުހިންމު ދިރުންތަކެއް ރައްކާތެރިކޮށް ގާނޫނީ ގޮތުން ހިމާޔަތްދީފަ އެވެ.

ރާއްޖޭގައި ގާނޫނީ ގޮތުން ހިމާޔަތްކޮށް، ރައްކާތެރިކޮށްދީފައިވާ ދިރުންތައް:

  • ފަސް ބާވަތުގެ ވެލާ ކަހަނބު
  • އެއް ބާވަތުގެ ކަންޒު ކަހަނބު
  • 207 ބާވަތުގެ ދޫނި
  • ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެންނަ ހުރިހާ ބާވަތެއްގެ މަޑި
  • ފެހުރިހި

އީޕީއޭ އިން ބުނިގޮތުގައި މި ދިރުންތަކަކީ ރާއްޖޭގެ ގުދުރަތީ މާހައިލަށް މުހިންމު ފައިދާތަކެއް ފޯރުކޮށްދޭ ދިރުންތަކެއް ކަމަށެވެ. އަދި އެއީ ދިވެހިންގެ އުޅުމާއި ސަގާފަތާއު އިގްތިސާދާ ވަރަށްވެސް ބޮޑަށް ގުޅި ލާމެހިފައިވާ މުހިންމު ދިރުންތަކެއް ކަމަށް އީޕީއޭ އިން ބުންޏެވެ.

”އައިންމަތީ ދޫނިތަކަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ މަސްވެރިކަމުގައި މުހިންމު ދައުރެއް އަދާ ކުރާ ދިރުންތަކެކެވެ. އެސޮރުމެންނާ އަދި ހިމާޔަތްކުރެވިފައިވާ ކަނޑުގެ އެހެން ދިރުންތަކަކީ ރާއްޖޭގެ މާހައުލު ދެމެހެއްޓުމަށްޓަކައި ގިނަގުނަ ތަފާތު ގުދުރަތީ ޚިދުމަތްތަށް ފޯރުކޮށްދޭ، ރާއްޖޭގެ ގުރުދަތީ ނިޒާމުގެ މުހިންމު ބަޔެއް“

އީޕީއޭއިން ބުނާ ގޮތުގައި، ހިމާޔަތްކޮށްފައިވާ ދިރުންތަކަކީ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ދިރުންތަކެއް ކަމަށާއި ނޭޗާ ޓުއަރިޒަމްގެ ފަހަތުގައިވާ އެއް ސަބަބު ކަމަށެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ