މަޖުބޫރުން ގައިދީންގެ ބޯނުބޭލޭނެހެން އުސޫލުތައް އިސްލާހުކުރަން ހުށަހަޅައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޖަލުގައި ތިބޭ ގައިދީންނަށް މަޖުބޫރުކޮށްގެން ބޯނުބޭލޭނެހެން ހަދާފައިވާ އުސޫލުތައް އިސްލާހުކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހުށަހަޅައިފި އެވެ.

އެ ކޮމިޝަނުން މިކަން ހާމަ ކޮށްފައިވަނީ މިއަދު އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގަ އެވެ.

ގައިދީން ގެ ބޯކޮށުމާ ގުޅޭގޮތުން އަމަލުކުރަމުންދަނީ ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގަވައިދުގެ ދަށުންނެވެ. އެ ގަވާއިދުގައި ބުނެފައިވަނީ ފިރިހެން ގައިދީންގެ ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި އަދި މަތިމަސް ހުންނަންވާނީ 2 ސެންޓިމީޓަރަށްވުރެ ތުނިކޮށް ކަމަށެވެ.

އެޗްއާރްސީއެމް އިން ބުނީ، އެ ގަވާއިދުގައި ހިމަނާފައިވާ ޖަލު ތެރޭގައި އަހްލާގު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ މިންގަނޑާ ހިލާފަށް ގައިދީންގެ އަމަލުތައް ބެހެއްޓުމަކީ ޖަލު ކުށެއްކަމަށް ކަނޑައަޅާފައިވީ ނަމަވެސް ބޯކޮށުމަކީ އަހުލާގީ މިންގަނޑު ތެރޭގައި ހިމެނޭ ކަމެއްކަން ބަޔާންކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން، ގައިދީންގެ ސުލޫކީ މިންގަނޑުގެ ތެރޭގައި ބޯކޮށުން ހިމަނައި އެއީ ޖަލު ކުށެއްކަން ކަނޑައެޅުމުގެ ބާރު ޕެރޯލްއަށް ލިބިފައި ނުވާކަމަށެވެ.

ގައިދީންގެ ބޯކޮށުމުގެ އުސޫލު ބަދަލުކުރަން އެޗްއާރްސީއިން ހުށަހެޅި 6 ކަންތައް:

  • ގައިދީންގެ ބޯކޮށުމާ ގުޅޭ ކަންކަމަކީ ސާފުތާހިރުކަމާ ގުޅޭ ކަމަކަށް ވާތީ ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވައިދުގެ 8 ވަނަ މާއްދާ އުނިކުރުން.
  • އިސްތަށިގަނޑާއި ތުނބުޅި މަތިމަސްކޮށުމަކީ ގައިދީއެއް ނުވަތަ ބަންދުގައި ހުންނަ މީހެއްގެ އިހުތިޔާރީ ކަމަކަށް ހެދުން.
  • ގައިދީންގެ ބޯކޮށުމާއި ތުނބުޅި މަތިމަސް ބޭލުމާ ގުޅޭ ކަންކަމަކީ ސާފުތާހިރުކަމާ ގުޅޭ ކަމަކަށް ވާތީ، އެ ކަން އަހްލާގީ ކަމަކަށް ނުގުޅުވޭނެތީ، ގައިދީންނަށް ހިންގޭ ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިިއުމުގާއި ޕެރޯލް ފުރުސަތު ދިނުމުގައި އަހްލާގީ މިންގަނޑުން ބަލައި އެ ކަމަށް ރިއާޔަތްނުކުރުން.
  • ޖަލުގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ނުވަތަ ގައިންގަޔަށް އަރާފަދަ ބަލިމަޑުކަމެއް ފެތުރިދާނެ ހާލަތުގައި ނުވަތަ ގައިދީއެއްގެ ސިއްހީ ސަބަބަކަށް ޓަކައި މެނުވީ އެއްވެސް ގައިދީއެއް ނުވަތަ ބަންދުގައި ހުންނަ މީހެއްގެ ބޮލާއި، ތުނބުޅި މަތިމަސް ނުރުހުމުގައި ގަދަކަމުން، ހެލްތު އޮފިސަރުގެ ލަފާގެ މަތިން ނޫނީ ބާލައިގެން ނުވާނެކަން އުސޫލުތަކުގައި ބަޔާންކުރުން.
  • ސިއްހީ މާހިރެއްގެ ލަފާގެ މަތިން ގައިދީއެއްގެ ބޯކޮށާއިރު އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނަހެން އެ ކަން ކުރުން. އަދި އެ ކަން ކުރާނަމަ ލިޔެކިޔުމުން ރެކޯ ބެލެހެއްޓުން.
  • ދީނީ ގޮތުން ގަބޫލުކުރާ ކުރުމެއްގެ ސަބަބުން ބޯކޮށަން ނުވަތަ ތުނބުޅި މަތިމަސް ބާލަން އިންކާރުކުރާނަމަ އެކަން ކުރުމަށް މަޖުބޫރުނުކޮށް އެ ކަމަށް އިހްތިރާމްކުރުން.

އެޗްއާރްސީއެމުން އިތުރަށް ބުނީ، އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ރުހުމަކާ ނުލާ ގަދަކަމުން ގައިދީއެއްގެ ބޯކޮށައި އަދި އެކަން ކުރުމުގެ ތެރޭގައި ގައިދީއަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ތަހުގީގުކޮށްފައިވާ ކަމަށެވެ.

އެޗްއާރްސީއެމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ