ނުރައްކާތެރިކޮށް ލޯންޗް ދުއްވި މައްސަލައާއި ގުޅިގެން 3 މީހެއްގެ މައްޗަށް ފިޔަވަޅު އަޅައިފި ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނީ ނުރައްކާތެރިކޮށް ލޯންޗް ދުއްވި މައްސަލައަކާއި ގުޅިގެން ލޯންޗް ދުއްވި 3 މީހުންގެ ލައިސެންސް އޮކްޓޫބަރު 5 ވަނަ ދުވަހު ވަގުތީ ގޮތުން ހިފެހެއްޓި ކަމަށެވެ.
މައްސަލައާއި ގުޅޭ ލިޔެކިޔުންތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން އެބަދެ އެވެ. މި މައްސަލައާއި ގުޅިގެން އަޅާނެ ދާއިމީ ފިޔަވަޅެއް އަޅާނީ އެ މިނިސްޓްރީ އިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން 5 އޮކްޓޫބަރުގައި ބުނީ ރާއްޖޭގައި ނުރައްކާތެރިކޮށް ލޯންޗްތަކެއް ދުއްވި މައްސަލައެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަން ފުލުހުންނަށް އެނގިފައިވާ ކަމަށެވެ.
ވީޑިއޯގައި ހިމެނޭ ލޯންޗްތަކަކީ އޮގަސްޓް 13 ވަނަ ދުވަހު އއ. އަތޮޅަށް ދަތުރުކުރި ލޯންޗްތަކެއް ކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ދިވެހި ފުލުހުންގެ ޚިދުމަތް