ރައީސް މުއިއްޒު އިންޑިއާގެ މުމްބާއީއަށް ވަޑައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ މުމްބާއީއަށް ވަޑައިގެންފި އެވެ.

ރައީސް މުއިއްޒު މުމްބާއީއަށް ވަޑައިގެންނެވީ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެގައުމުގެ އާގްރާއަށް ވަޑައިގެން ތާޖް މަހަލް ބައްލަވާލެއްވުމަށް ފަހު އެވެ.

ރައީސް މުއިއްޒު މުމްބާއީއަށް ވަޑައިގެންނެވުމާއެކު، މުމްބާއީ ސަރުކާރުގެ ވެރިނާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފަ އެވެ.

މުމްބާއީއަށް ވަޑައިގެން ރައީސް މުއިއްޒު ރާއްޖޭގެ ވިޔަފާރި އާއި ޓޫރިޒަމް ފްރޮމޯޓްކުރުމަށް ބާއްވަވާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ. އޭގެއިތުރުން އެމަނިކުފާނު މުމްބާއީގައި ދިރިއުޅޭ ދިވެހިންނާއިވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސސް އޮފީހުން ބުނެ އެވެ.

އެމަނިކުފާނު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި މިހާރު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަ މޯދީ އާއި އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫ އާއި އިންޑިއާގެ ނައިބު ރައީސް ޖަގްދީބް ދަންކަރް އާއި އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލު ކުރައްވާފަ އެވެ. މީގެ އިތުރުން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމަށް އެއްބަސްވުންތަކެއްގައިވެސް ވަނީ ސޮއިކޮށްފަ އެވެ. އަދި އިންޑިއާގެ އެހީގައި ނިންމާފައިވާ މަޝްރޫތައް ދިވެހި ސަރުކާރާ ހަވާޅު ކުރުންވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ