ލ. ގަމުގައި ރޭ އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ލ. ގަމުގެ ލިންކް ރޯޑުގަ އެވެ.
’ޖަވިޔަނި‘ ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ވާރޭ ވެހިފައި އޮއްވާ ބާރަށް ދުއްވުމުގެ ސަބަބުން ކާރު ކޮންޓްރޯލުން ނައްޓާލުމުގެ ސަބަބުންނެވެ. ކޮންޓްރޯލް ނުވެ ކާރު ވަނީ މަގުގެ އަރިމަތީ ޖަހާފައިވާ ދަގަނޑު ހޮޅިއެއްގައި ޖެހިފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައެއް ނުވެ އެވެ. ނަމަވެސް ކާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.