އިސްލާމީ މަރުކަޒުގެ މުންނާރުގެ ތިރީގައި އޮންނަ މަސްފެންގަނޑު މަރާމާތުކޮޮށްދޭން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
މިކަން އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފައި ވަނީ މިއަދު އެ މިނިސްޓްރީއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި ބުނެފައި ވަނީ، އެ ފެންގަނޑު ސްޓެލްކޯގެ އެހީގައި މަރާމާތުކުރަން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސްޓެލްކޯގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭތީ މަސްފެންގަނޑެއް ހަދަން އިސްލާމިކް މިނިސްޓްރީން އިއުލާންކުރީ މި މަހުގެ 2 ވަނަ ދުވަހު އެވެ.
ނަމަވެސް ފަހުން މިނިސްޓަރ ޝަހީމް “އެކްސް” ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އިގްތިސޯދީ ހާލަތު ދަށްވުމުން އިސްލާމީ މަރުކަޒުގެ މަސް ފެންގަނޑު މަރާމާތު ނުކުރަން ނިންމައިފައިވާ ކަމަށެވެ.
އެހެންކަމުން، މި ވަގުތު އެ ބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާ ކަމަށް ބުނެ މިނިސްޓްރީން ވަނީ އެ އިއުލާން ބާތިލުކޮށްފަ އެވެ.
މި މަސްފެންގަނޑަކީ މަރުކަޒު ބިނާކުރި އިރުން ފެށިގެން މުންނާރު ތިރީގައި އޮތް ފެންގަނޑެކެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ސްޓެލްކޯ