ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނިއުދިއްލީގައި ހުންނަ އިންޑިއާގެ ފުޑް ސޭފްޓީ އެންޑް ސްޓޭންޑަޑްސް އޮތޯރިޓީ (އެފްއެސްއެސްއޭއައި) އަށް ޒިޔާރަތް ކުރައްވައި، އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއައް ކުުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގައި އެފްއެސްއެސްއޭއައި އާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރުމުން ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑު ވަރަށް ބޮޑަށް އިތުރުކުރެވިދާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވި އެވެ.
އެގޮތުން، ސާޖިދާ ވަނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާތަކުން އެފްއެސްއެސްއޭއައި އިން ކުރަމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރަށްވާފަ އެވެ.
ދެއްކެވި މުހިންމު މަޝްވަރާތަކުގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަމުގައި ރާއްޖެ-އިންޑިއާގެ އެއްބާރުލުން ހަރުދަނާކުރުމާއި، ޚާއްޞަކޮށް ކޯޑެކްސްއާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގަވާއިދުތަކާއި، ކާބޯތަކެތި ޓެސްޓްކުރުން ހިމެނެ އެވެ.
މީގެ އިތުރުން އެފްއެސްއެސްއޭއައި އިން ވަނީ ކާބޯތަކެތި ޓެސްޓްކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ މޮބައިލް ޔުނިޓެއް ކަމަށްވާ ‘ފުޑް ސޭފްޓީ އޮން ވީލްސް’ ގެ ކުރު ޑެމޮންސްޓްރޭޝަނެއް ވެސް ހަމަޖައްސާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރާއްޖެ - އިންޑިއާ